Ads by Stelco

ޚަބަރު

ހޮޅުދޫ ރަންތަރިއަށް ޤިބްލަ ޙައްޖު އެންޑް އުމްރާގެ ފަރާތުން އުމްރާ ދަތުރެއް

ހޮޅުދޫ ރަންތަރިއަށް ޤިބްލަ ޙައްޖު އެންޑް އުމްރާގެ ފަރާތުން އުމްރާ ދަތުރެއް

ހޮޅުދޫ ރަންތަރިއަށް ޤިބްލަ ޙައްޖު އެން އުމްރާގެ ފަރާތުން އުމްރާ ދަތުރެއް ވަނީ ހުށަހަޅާފަ

farudhun logo

ފަރުދުން

05 ނޮވެމްބަރު 2025، 09:39

05 ނޮވެމްބަރު 2025، 09:39

ހޮޅުދޫ ރަންތަރި ޤުރުއާން މުބާރާތުގެ ރަންތަރިއަށް އެ މުބާރާތުގެ ކޯ ސްޕޮންސަރ ޤިބްލަ ޙައްޖު އެން އުމްރާގެ ފަރާތުން އުމްރާދަތުރެއް ހުށައަޅައިފިއެވެ. ޤިބްލަ ޙައްޖު އެން އުމްރާ އަކީ ރާއްޖޭގައި މިވަގުތު ހަރާކަތްތެރިވާ އެންމެ ގިނަދުވަސްވީ އަދި އެންމެ އިތުބާރު ހުރި އެއް ޓްރެވަލް އެޖެންސީއެވެ. 

މުބާރާތް އިންތިޒާމުކުރާ ބެޓަރ އެންވައަރަންމަންޓް ފޯރ ޔޫތް ސޮސައިޓީ (ބޭސް) އިން މަޢުލޫމާތު ދޭގޮތުގައި ޤިބްލަ ޙައްޖު އެން އުމްރާ ފަދަ ގިނަބަޔެއްގެ ލޯތްބާއި، އިތުބާރު އަދި އިޚުތިރާމް ލިބިފައިވާ ގުރޫޕްއަކުން މިފަދަ ފުރުސަތެއް ލިބިގެން ދިއުމަކީ މުބާރާތަށް ލިބިގެން ދިޔަ އިތުރު ފުރިހަމަކަމެކެވެ. އަދި ކުރިއަށް އޮތްތާނުގައި ބޭސް އަދި ޤިބްލަ ގުޅިގެން މުޖްތަމަޢަށް ލާބަމަންފާލިބޭ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށްވެސް ބޭސްއިން މަޢުލޫމާތު ދެއްވައެވެ. 

އާންމުކޮށް ބާއްވާ ގިނަ ޤުރުއާން މުބާރާތްތަކާއި ތަފާތުކޮށް ކުރިޔަށް ގެންދިއުމަށް ރާވާފައިވާ މި މުބާރާތުގައި ވާދަކުރާނެ ކުދިން ހޮވާފައި ވަނީ އޮޑިޝަނަކަށް ފަހުއެވެ. އެގޮތުން އޮޑިޝަނަށް ފަހު ޖުމްލަ 16 ބައިވެރިން ހޮވާފައިވާއިރު، މި ބައިވެރިން މިހާރު ދަނީ ރާއްޖޭގެ އެންމެ ފުންނާބުއުސް ޤާރީންގެ އިރުޝާދުގެ ދަށުން 2 މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަމުންނެވެ.

ހޮޅުދޫއަށް ނިސްބަތްވާ "ބެޓަރ އެންވަޔަރޮމެންޓު ފޯރ ޔޫތު ސޮސިއެޓީ" (ބޭސް) ޖަމްޢިއްޔާއިން ކުރިއަށްގެންދާ މި މުބާރާތަކީ ހޮޅުދޫ ޒުވާނުންގެ މެދުގައި ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކޮށް، ރީތިކޮށް ޤުރުއާން ކިޔަވާކުދިން އުފެއްދުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން