ދުނިޔެ

ނިއު ޔޯކްގެ މޭޔަރު ކަމުގެ އިންތިޚާބު މުސްލިމެއް ކަމުގައިވާ މަމްދާނީ ކާމިޔާބުކޮށްފި

ނިއު ޔޯކްގެ މޭޔަރު ކަމުގެ އިންތިޚާބު މުސްލިމެއް ކަމުގައިވާ މަމްދާނީ ކާމިޔާބުކޮށްފި

މޭޔަރު ކަމުގެ އިންތިޚާބު މުސްލިމެއް ކަމުގައިވާ ޒަހްރާމް މަމްދާނީ

farudhun logo

ފަރުދުން

05 ނޮވެމްބަރު 2025، 10:18

05 ނޮވެމްބަރު 2025، 10:18

މުސްލިމެއް ކަމަށްވާ ޒަހްރާމް މަމްދާނީ، އެމެރިކާގައި އާބާދީގެ ގޮތުން އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމުގެ އިންތިޚާބު މުސްލިމެއް ކަމުގައިވާ ޒަހްރާމް މަމްދާނީ ކާމިޔާބުކޮށްފިއެވެ. 

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ މަމްދާނީއާ އެންމެ ގާތުން ވާދަކުރެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއްގެ ތާށިވެ ނިއު ޔޯކްގެ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވި އަދި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވެސް ބަލިކުރެއްވި އެންޑްރޯ ކުއޯމޯއާ އެވެ.

އުމުރުން 34 އަހަރުގެ މަމްދާނީ އަކީ ސޯޝަލިސްޓެކެވެ. އާދައިގެ ނިއުޔޯކް ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް އަމާޒުކޮށް އޭނާގެ ކެމްޕޭން ކުރިއަށް ގެންދިޔައެވެ. އޭނާއަކީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކޮށްދިނުމަށް ވަކާލާތު ކުރައްވާ، ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށް ގޮވައިލައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި، މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރައްވައި، ޔަހޫދީންނާ ދެކޮޅަށް އަޑު އުފުއްލަވަމުން ގެންދަވާ ބޭފުޅެކެވެ. މި ސަބަބަށް ޓަކައި، ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސް އޮފިޝަލުންނާ އޭނާއާ ދެމެދު ދެބަސްވުންތައް އުފެދިފައިވެއެވެ. 

ނިއު ޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބުގެ ކެމްޕޭންގައި މަމްދާނީ ވަނީ ރައްޔިތުން ބޭނުންވާ ކަންކަން ހާސިލު ކޮށްދެއްވަން ވަޢުދުވެ ވަޑައިގަންނަވާފައެވެ. އެގޮތުން، ހިލޭ ދަތުރުފަތުރު ކުރެވޭނެ ބަހުގެ ނިޒާމެއް ޤާއިމު ކޮށްދިނުމާއި، ކުޑަކުދިންނަށް ހިލޭ ޑޭކެއާ، ކުލި ކޮންޓްރޯލް ކުރުމާއި، ގްރޯސަރީ ފިހާރަހުޅުވުމުގެ އިތުރުން ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދެއްވުމުގެ އިތުރުން ކާބޯތަކެތި ވިއްކާ ފިހާރަތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމުގެ ވަޢުދު ހިމެނެއެވެ. 

ރައީސް ޓްރަމްޕު ވަނީ އިންތިހާބުގެ ވޯޓު ފެށުމަށް ތައްޔާރުވެފައި ވަނިކޮށް، މަމްދާނީއަށް ވޯޓު ނުދިނުމަށާއި އޭނާ އިންތިހާބުކޮށްފި ނަމަ ދައުލަތުގެ ބަޖެޓުން ނިއު ޔޯކަށް ކޮންމެހެން ދޭންޖެހޭ ފައިސާއެއްގެ ތެރެއިން މަދު މިންވަރެއް ނޫނީ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން