ކުޅިވަރު / ދުނިޔެ

ޑޭވިޑް ބެކަމް އަށް 'ނައިޓްހުޑް' ގެ ލަގަބު ލިބުނުވަގުތު އެއީ އެންމެ ފަޚުރުވެރިވި ވަގުތު ކަމަށް ސިފަކޮށްފި

ޑޭވިޑް ބެކަމް އަށް 'ނައިޓްހުޑް' ގެ ލަގަބު ލިބުނުވަގުތު އެއީ އެންމެ ފަޚުރުވެރިވި ވަގުތު ކަމަށް ސިފަކޮށްފި

ސަރ ޑޭވިޑް ބެކަމް އަދި ލޭޑީ ބެކަމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 ނޮވެމްބަރު 2025، 03:40

05 ނޮވެމްބަރު 2025، 03:40

އިނގިރޭސި ފުޓްބޯޅައިގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އަށް، އޭނާގެ ދިރިއުޅުމުގެ އެންމެ ފަޚުރުވެރި ވަގުތު ކަމަށްވާ، ރަސްގެފާނު ޗާލްސް ތިންވަނަގެ އަތްޕުޅުން 'ނައިޓްހުޑް' ގެ ލަގަބު ލިބިއްޖެއެވެ. މިކަން ހިނގާފައިވަނީ މި އަންގާރަ ދުވަހު ލަންޑަންގެ ހުޅަނގުގައި ހުންނަ ވިންޒަރ ކަސްޓްލްގައެވެ.

އުމުރުން 50 އަހަރުގެ މި ފުޓްބޯޅަ ތަރި އަށް މި ލަގަބު އެރުވުނީ ކުޅިވަރަށާއި ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ބެކަމް އިނގިރޭސި ގައުމީ ޓީމަށް 115 މެޗު ކުޅެފައިވާ އިރު، މެންޗެސްޓަރ ޔުނައިޓެޑް އާއި ރެއާލް މެޑްރިޑް ފަދަ ދުނިޔޭގެ މަޝްހޫރު ކްލަބްތަކަށް ވެސް ކުޅެފައިވެއެވެ.

މި ލަގަބު ލިބުމަށްފަހު ބެކަމް ބުނެފައިވަނީ، ދުނިޔޭގެ އެންމެ މުހިންމު އަދި އެންމެ އިހުތިރާމް ލިބިފައިވާ  ، ރަސްގެފާނު ގެ އަތްޕުޅުން މިފަދަ ލަގަބެއް ލިބުން، މިއީ ވަރަށް ޚާއްސަ ވަގުތެއް ކަމަށެވެ. "މިއީ ޝައްކެއް ނެތް ގޮތުގައި  ދިރިއުޅުމުގެ އެންމެ ފަޚުރުވެރި ވަގުތު" ކަމަށް ބެކަމް ވަނީ ޕީ.އޭ ނިއުސް އެޖެންސީއަށް ބުނެފައެވެ.

ފެޝަންއަށް ޚާއްސަ ސަމާލުކަމެއް ދޭ ބެކަމް މި ރަސްމިއްޔާތަށް ހާޒިރުވެފައިވަނީ، އޭނާގެ  އަނބިކަނބަލުން ވިކްޓޯރިއާ ތައްޔާރުކޮށްދެއްވި ގްރޭ ސޫޓެއްގައެވެ. މި ރަސްމިއްޔާތަށް ވިކްޓޯރިއާގެ އިތުރުން، ބެކަމްގެ މައިންބަފައިން ކަމަށްވާ ޓެޑް އާއި ސެންޑްރާ ވެސް އޭނާއާއެކު ވިންޒަރ ކަސްޓްލްއަށް ދިޔަކަން ފާހަގަކޮށްލެވެއެވެ.

މި ލަގަބު ލިބުމުގެ ވާހަކަ މިދިޔަ ޖޫން މަހު އިއުލާން ކުރިފަހުން ބެކަމްއަށް 'ސަރ ޑޭވިޑް' ގެ ނަމުން މުޚާތަބު ކުރެވެމުން އަންނަ އިރު، ކުރިން ސްޕައިސް ގާލްސް ގެ މެމްބަރެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ވިކްޓޯރިއާ އަށް ލިބިފައިވަނީ 'ލޭޑީ ބެކަމް' ގެ ލަގަބެވެ. ރަސްގެފާނު ޗާލްސް އާއި ވާހަކަ ދެކެވުނުކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ބެކަމް ބުނެފައިވަނީ، ރަސްގެފާނު އޭނާގެ ސޫޓަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. " އަހަރެން ދަންނަ އެންމެ ހިތްގައިމުކޮށް ހެދުން އަޅުއްވާ ބޭފުޅާ، އެހެންވީމާ އަހަރެންގެ ގިނަ ހެދުންތަކަށް  ފަރާތުން އިލްހާމް ލިބިފައިވޭ. މި ސޫޓަށް ވެސް އިލްހާމް ލިބުނީ ރަސްގެފާނުގެ ފަރާތުން." ބެކަމް ބުނެފައިވެއެވެ.

ބެކަމް އިތުރަށް ބުނެފައިވަނީ، ރަސްކަމުގެ ނިޒާމަށް އަބަދުވެސް އޭނާއަކީ ބޮޑު ސަޕޯޓަރެއް ކަމުން، މިފަދަ ލަގަބެއް ލިބުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށެވެ. "ކެރިއަރުގައި ކާމިޔާބީތައް ހޯދުމުގެ ނަސީބު ލިބިފައިވީ ނަމަވެސް، މިފަދަ ލަގަބެއް ލިބުމަކީ އަހަރެން ހުވަފެނުންވެސް ނުދެކޭ ކަމެއް." އޭނާ ބުނެފައިވެއެވެ.

ޑޭވިޑް ބެކަމްއަށް މި 'ނައިޓްހުޑް' ލިބިފައިމިއީ، ފުޓްބޯޅަ ދާއިރާއިން ބޭރުގައި، ކުޅިވަރާއި، ފެޝަންއާއި، ވިޔަފާރީގެ ދާއިރާތަކުގައި ގްލޯބަލް އައިކޮނަކަށް ވުމަށް އޭނާ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތްތަކުގެ ނަތީޖާއެކެވެ. ކުރިން ލަންޑަންއަށް 2012 ވަނަ އަހަރުގެ އޮލިމްޕިކްސް ބާއްވާނެ ހުއްދަ ހޯދުމަށް އެހީތެރިވުމުންވެސް އޭނާއަށް މި ލަގަބު ލިބުމާ ގާތްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، އޭނާ ފައިސާގެ މުޢާމަލާތެއްގައި ޓެކްސް އަށް އޮޅުވާލުމުގައި ބައިވެރިވިކަމުގެ ތުހުމަތެއް ކުރެވިފައިވާތީ، ޔޫ.ކޭ އޮތޯރިޓީސް އިން މިކަމަށް ރެޑް ފްލެގް ދީފައިވާކަން ކުރީގެ ރިޕޯޓްތަކުން ދައްކައެވެ. އެފަހުން އޭނާ ވަނީ މި ތުހުމަތުތަކުން ސަލާމަތްވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން