ޚަބަރު
ހުޅުދޫ-މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހުޅުދޫ-މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން.
ފަރުދުން
05 ނޮވެމްބަރު 2025، 05:51
05 ނޮވެމްބަރު 2025، 05:51
އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރުމުގެ އެއްވަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އެ ރަށުގެ ރައްޔިތުންނާ މުޚާޠަބުކުރެއްވުމަށް ބޭއްވުނު ޖަލްސާގައެވެ.
ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޞިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޡިމެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓަރު ކަމުގައިވާ ގްލެޓް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝިޔާމެވެ.
ރައީސް ޑރ. މުޢިއްޒު ހުޅުދޫ-މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ހޮސްޕިޓަލު އެޅިގެންދާއިރު، ހޮސްޕިޓަލަކުން ލިބެން ޖެހޭ އެންމެހައި ޚިދުމަތްތައް ފުރިހަމައަށް ލިބޭނެ ކަމަށެވެ.
President Dr @MMuizzu meets with residents of S. Hulhudhoo and S. Meedhoo to listen to their concerns and discuss development priorities. The dialogue reaffirmed his Administration’s commitment to community-driven progress and equitable growth. #RayyithunGaathah #AdduAtollVisit pic.twitter.com/8mwezwKNq2
— The President's Office (@presidencymv) November 5, 2025