Ads by Stelco

ޚަބަރު

އދ. ދިގުރަށުގެ ކަރަންޓުގެ ޚިދުމަތް ފުރިހަމަކުރުމަށް 320 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް!

އދ. ދިގުރަށުގެ ކަރަންޓުގެ ޚިދުމަތް ފުރިހަމަކުރުމަށް 320 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް!

އައު ޖެންސެޓް ގެންދިޔުން/ފޮޓޯ: ސްޓެލްކޯ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ނޮވެމްބަރު 2025، 01:41

08 ނޮވެމްބަރު 2025، 01:41

އދ. ދިގުރަށުގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 320 ކިލޯވޮޓްގެ އިތުރު ޖެނެރޭޓަރެއް އެ ރަށަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެރަށަށް އިތުރު ޖެންސްޓެއް ގެންގޮސްފައިވަނީ ރަށަށް އަންނަމުންދާ ތަރައްޤީއާއި، ލޯކަލް ޓޫރިޒަމްގެ ދާއިރާއިން އިތުރުވަމުންދާ ޑިމާންޑަށް ބެލުމަށްފަހުގައި ކަމަށެވެ.

ސްޓެލްކޯއިން 'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޢުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން އދ. ދިގުރަށަށް އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 320 ކިލޯވޮޓްގެ އިތުރު ޖެންސެޓެއް އެ ރަށަށް ގެންދެވިފައިވާ ކަމަށެވެ.

ހަމަ އެހެންމެ، މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު އެރަށުގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ.

ސްޓެލްކޯ އިން ދަނީ، ރާއްޖޭގެ އެކި ރަށްތަކަށް އެ ކުންފުނިން ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުރިހަމަކޮށް، ރަނގަޅުކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން