Ads by Stelco

ޚަބަރު

ގއ. ވިލިނގިލީގައި އެކްސިޑެންޓުވި ޒުވާނަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ގއ. ވިލިނގިލީގައި އެކްސިޑެންޓުވި ޒުވާނަކު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

އެކްސިޑެންޓެއްގެ ސަބަބުން މިއަދު ނިޔައުވި ވިކާޝް އަޙުމަދު

farudhun logo

ފަރުދުން

08 ނޮވެމްބަރު 2025، 03:06

08 ނޮވެމްބަރު 2025، 03:06

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ޒުވާނަކަށް މާލޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ވިލިނގިލީގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންްޓެއްގައި އަނިޔާވި ވިކާޝް އަޙުމަދު އިތުރު ފަރުވާއަށް މާލެ ގެނައީ ޖެހިގެން އައި އަންގާރަ ދުވަހުގައެވެ. އޭނާ ނިޔާވީ އައި.ޖީ.އެމް.އެޗް.ގައި ފަރުވާދެމުން ދަނިކޮށެވެ. އަދި އޭނާގެ ކަށުކަމާކެމީގެ ކަންކަން ނިންމައި، މެންދުރު ނަމާދަށްފަހު ވަނީ ވަޅުލެވިފައެވެ.

ފުލުހުން ހާމަކުރާ ގޮތުގައި، ވިކާޝް އެކްސިޑެންޓުވީ އޭނާ ދުއްވި ސައިކަލުން ގެއެއްގެ ފާރުގައި ޖެހިގެންނެވެ. އެކްސިޑެންޓުވުމުން އޭނާ ވެއްޓިފައި އޮއްވައި ފުލުހުންނަށް ފެނުނީ ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރެއިން އެ ރޭ މެންދަމު 1:30 ހައިއިރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭނާއަށް މި ފަހަކުން ވަނީ ފިޓް ޖެހުމުގެ މައްސަލަ ދިމާވާން ފަށާފައި ކަމަށާއި، އަދި އެކްސިޑެންޓު ހިނގީ ވެސް ފިޓްޖެހިގެން ކަމަށް ބެލެވޭ ކަމަށް ވިލިނގިލީ މީހަކު މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން މި ކަމާ ގުޅޭ އިތުރު ތަފްޞީލެއް ބަޔާންކޮށްފައި ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން