Ads by Stelco

ޚަބަރު

ގައްދޫ ހޮސްޕިޓަލުގެ 2 ބުރީގެ އައު ޢިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގައްދޫ ހޮސްޕިޓަލުގެ 2 ބުރީގެ އައު ޢިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގައްދޫ ހޮސްޕިޓަލުގެ އަލަށް ބިނާކުރާ 2 ބުރީގެ ޢިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުން.

farudhun logo

ފަރުދުން

09 ނޮވެމްބަރު 2025، 06:09

09 ނޮވެމްބަރު 2025، 06:09

ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ހޮސްޕިޓަލުގެ އައު ޢިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މަސައްކަތް ޙަވާލުކުރެވިފައިވާ ފަރާތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ.)އެވެ.

މިއަދު ޞިއްޙަތާ ބެހޭ ވުޒާރާގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމެވެ. އަދި އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

ޖުމްލަ 600 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ޙަވާލުކުރި މި މަޝްރޫއުގެ އަގަކީ 101.7 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 2 ފަންގިފިލަޔަށް ނަގާ 30 އެނދުގެ ހޮސްޕިޓަލް ޢިމާރާތަކާއި، ސަރވިސް ބިލްޑިންގއަކާއި، ދެ ބުރީގެ އެކޮމަޑޭޝަން ބްލޮކްއަކާއި، އައިސޮލޭޝަން ފެސިލިޓީއަކާއި ފްލޫ ކްލިނިކްގެ އިތުރުން އެކްސްރޭގެ ޚިދުމަތްތަކެވެ.

ޞިއްޙީ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ހޮސްޕިޓަލް ވެގެންދާނީ، ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެވޭ ޖާގަ ތަނަވަސް ޢިމާރާތަކަށެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން