Ads by Stelco

ޚަބަރު

މިއަހަރު އޭސީސީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައް

މިއަހަރު އޭސީސީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައް

އޭސީސީން އާންމު ކޮށްފައިވާ ތަފާސްހިސާބު

farudhun logo

ފަރުދުން

09 ނޮވެމްބަރު 2025، 06:13

09 ނޮވެމްބަރު 2025، 06:13

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އޭސީސީން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް ޖުމްލަ 142 މައްސަލަތައް ރަޖިސްޓާ ކޮށްފައިވެއެވެ. އެގޮތުން މިއަހަރުގެ ފުރަަތަމަ ހަ މަހު ޖުމްލަ 77 މައްސަލަ އޭސީސީގައި ރަޖިސްޓާކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ކުއާޓަރގައި ޕްރޮކިއުމަންޓާ ގުޅުންހުރި 43 މައްސަލަ އާއި ދެވަނަ ކުއާޓަރގައި  ޕްރޮކިއުމަންޓާ ގުޅުހުންހުރި 30 މައްސަލައެއް ރަޖިސްޓަރ ކޮށްފައިވެއެވެ. 

މީގެ އިތުރުން ދައުލަތުގެ ފައިސާ އާއި ތަކެތި ބޭނުންކުރުމާ ގުޅޭ މައްސަލަތައްވެސް ހުށަހަޅާފައިވާއިރު ފުރަތަމަ ކުއާޓަރގައި އެ ބާވަތުގެ 16 މައްސަލައެއް ރަޖިސްޓަރ ކޮށްފައިވާއިރު، ދެވަނަ ކުއާޓަރގައި 14 މައްސަލައެއް ރަޖިސްޓަރ ކޮށްފައިވެ އެވެ.  ވަޒީފާއާ ގުޅުންހުރި ނުވަ މައްސަލަ އަދި ކުއްޔަށް ދޫކުރެވޭ ބިންތަކާއި ތަކެއްޗާ ގުޅުންހުރި ނުވަ މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި ދެވަނަ ކުއާޓަރުގައި ވަޒީފާއާ ގުޅުންހުރި އަށް މައްސަލައަކާއި، ކުއްޔަށްދޫކުރެވޭ ބިންތަކާއި ތަކެއްޗާ ގުޅުންހުރި 13 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުން ވަނީ ދައްކައިފައެވެ.

ދެ ކުއާޓަރުގައި ވެސް އޭސީސީގައި މައްސަލަތައް އެންމެ ގިނައިން ރަޖިސްޓްރީކުރީ އަތޮޅުތަކުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އޭސީސީގައި ރަޖިސްޓްރީކުރި 53.8 އިންސައްތަ މައްސަލަ ހުށަހެޅީ އަތޮޅު ތެރެއިންކަމަށް އޭސީސީއިން ބުންޏެވެ. އަދި ބާކީ 46.2 އިންސައްތަ މައްސަލަ ހުށަހަޅާފައި ވަނީ މާލެއިންނެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގެ މިހާތަނަށް އޭސީސީގައި ރަޖިސްޓްރީކުރި 36.9 އިންސައްތަ މައްސަލަ ހުށަހަޅާފައި ވަނީ މާލެއިންނެވެ. އަދި އަތޮޅުތަކުން ރަޖިސްޓްރީކުރީ 63.1 އިންސައްތަ މައްސަލައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން