ކުޅިވަރު / ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފެބްރީޒިއޯ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ފެބްރީޒިއޯ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ

ރާއްޖެ އައުމަށްފަހު އެއާރޕޯޓުގައި ފެންރީޒިއޯ ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ނޮވެމްބަރު 2025، 08:00

11 ނޮވެމްބަރު 2025، 08:00

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ގޮތުން، 'ވިޒިޓް މޯލްޑިވްސް'ގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ފެބްރީޒިއޯ ރޮމާނޯ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ މިއަދު ހެނދުނު ރާއްޖެ އައުމުން މަރުޚަބާ ކިޔާފައި ވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ ޑެސްޓިނޭޝަން މާކެޓިން މެނޭޖަރ، އައިމިނަތު ޝަތުރާއެވެ. 

އެއާރޕޯޓުން ފެބްރީޒިއޯއަށް މަރުޚަބާ ކިޔާފައި ވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑެސްޓިނޭޝަން މާކެޓިން މެނޭޖަރ، އައިމިނަތު ޝަތުރާ / ފޮޓޯ: ވީއެމްސީ

ބޭރު ޤައުމުތަކުގެ މީހުންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުކުރުމަށް، ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރަކަށް ފެބްރީޒިއޯ ހަމަޖެއްސީ މި އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އޭނާއަކީ ޚާއްޞަކޮށް ފުޓުބޯޅައިގެ ޓްރާންސްފާތަކުގެ އެންމެ ތާޒާ ޚަބަރު ގެނެސްދޭ ނޫސްވެރިއެއްކަމުން، ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާ "ފޮލޯ" ކުރަމުންނެވެ.

ފެބްރީޒިއޯ ބުނެފައިވަނީ، ރާއްޖެއަކީ ހަމަޖެހުން ލިބޭނެ މަންޒިލެއްކަމަށާއި، ރާއްޖޭގައި ތަޖުރިބާކުރަން އޮތީ ހަމައެކަނި މޫދާއި ގޮނޑުދޮށްތައް ނޫންކަމަށެވެ. އަދި އެއަށްވުރެ ގިނަ ކަންކަން ރާއްޖޭގައި ތަޖުރިބާކުރެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެގޮތުން ފެބްރީޒިއޯގެ މި ދަތުރުގައި ރާއްޖެއަކީ ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަންގެ ގޮތުގައި އިޝްތިހާރުކުރާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރު ދާއިރާތަކުން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ވީއެމްސީއިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން