Ads by Stelco

ޚަބަރު

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ- އެމްއޭސީއެލް

farudhun logo

ފަރުދުން

13 ނޮވެމްބަރު 2025، 01:38

13 ނޮވެމްބަރު 2025، 01:38

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. 

އައިލޭންޑް އެވިއޭޝަން ސާވިސެސްއިން ހިންގާ މާފަރު އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލޭންޑް އެވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސެވެ. ޗައިނާގެ ހުނާން ނަމްބަރ 6 ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.

މާފަރު އެއަރޕޯޓުގެ ޓަރމިނަލް މަސައްކަތް ބަޔަކާއި ހަވާލުކޮށްފައިވާއިރު، މި އެއަރޕޯޓުގެ ޚިދުމަތް ފުޅާ ކުރައްވާނެ ކަމަށް މިއަހަރުގެ ޖުލައި މަހު އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ޖުމްލަކޮށް އެއަރޕޯޓްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށެވެ. އެއަރޕޯޓަށް ގެންނަން ބޭނުންވާ ވަށާޖެހިފައިވާ ފުރިހަމަ އެއަރޕޯޓަކަށް ހެދުމަށް ޓާމިނަލްގެ މަސައްކަތާއި އަދި ހޮޓެލެއްގެ މަސައްކަތްވެސް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިއީ ޖުމްލަ 3.6 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށް އައިލޭންޑް އެވިއޭޝަނުން ވިދާޅުވިއެވެ. އެއަރޕޯޓު ޓަރމިނަލާއި އިންވެގެން އަޅާ އިމާރާތަކީ މިހާރުވެސް ކުޑަވެފައިވާ ޖާގައަަށް 6238 އަކަފޫޓުގެ އިތުރުވާނެ ކަމެއްކަން އައިލޭންޑް އެވިއޭޝަނުން ވިދާޅުވެއެވެ. މިއާއެކު މުޅި ޖުމްލަ ޓަރމިނަލް ޖާގައަށް 12476 އަކަފޫޓުގެ އިތުރުވުމެއް އެކުންފުނިން ފާހަގަކުރެއެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން