ޚަބަރު
އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް "ޝާމިލް 2025" ފަށައިފި
"ޝާމިލް 2025"ގައި އިސްރަށްވެހިންތަކެއް / ފޮޓޯ: ވުޒާރާ
ފަރުދުން
13 ނޮވެމްބަރު 2025، 06:46
13 ނޮވެމްބަރު 2025، 06:46
އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށް، "ޝާމިލް 2025"ގެ ނަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހަރަކާތެއް ފަށައިފިއެވެ.
މިއީ އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރުތައް އެއްތަނަކުން ދައްކާލުމާއި، އަދި އެ ފަރާތްތަކުގެ އުފެއްދުންތައް އާންމުންނަށް ވިއްކޭނެ މަގުތަނަވަސްކޮށްދިނުމާއި، އެފަރާތްތައް އިގްތިސާދީގޮތުން ބާރުވެރިކުރުމުގެ އަމާޒުގައި ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދާ މި ހަރަކާތްތައް ރަސްމީކޮށް ފައްޓަވާފެއްވާދެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމްއެވެ.
މި ހަރަކާތުގެ ތެރެއިން ސަގާފީ ތަފާތު ހަރަކާތްތައް ދައްކާލުމާއި، މުނިފޫހިފިލުވުމުގެ އައިޓަމްތައް ވެސް އިސްރަށްވެހިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާނެހެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތް ކުރިޔަށް ދާނީ މިއަދުގެ އިތުރުން، މި މަހުގެ 15 އަދި 16ވާ ހޮނިހިރު އަދި އާދިއްދަ ދުވަހުއެވެ. އެގޮތުން ނޮވެންބަރ 15 އަދި 16 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށް އާރޓް ގެލެރީގައި މި ހަރަކާތްތައް ކުރިޔަށް ދާނެއެވެ.
މި ގަޑިތަކުގައި ކޮންމެ ބޭފުޅަކަށް ވެސް ނޭޝަނަލް އާޓް ގެލަރީއަށް ޒިޔާރަތްކޮށް، މި ފަރާތްތަކުގެ އުފެއްދުންތަކާއި ހަރަކާތްތައް ބަލާލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.