Ads by Exprox

ޚަބަރު

ބިދޭސީން ފިލައިގެންދާ މައްސަލައާއެކު އިމިގްރޭޝަންގެ އޮޕަރޭޝަންތައް އަތޮޅުތަކަށް ފުޅާކުރަނީ

ބިދޭސީން ފިލައިގެންދާ މައްސަލައާއެކު އިމިގްރޭޝަންގެ އޮޕަރޭޝަންތައް އަތޮޅުތަކަށް ފުޅާކުރަނީ

ޞައްޙަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް އިއްޔެ ހިންގުނު ހާއްސަ ހަރަކާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަދި ޑެޕިއުޓީ ކޮންޓްރޯލަރ ބައިވެރިވެވަޑައިގެންފައި- ފޮޓޯ: އިމިގްރޭޝަން

farudhun logo

ފަރުދުން

29 އޯގަސްޓު 2024، 02:56

29 އޯގަސްޓު 2024، 02:56

ގަވާއިދާ ޚިލާފަށް މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ބިދޭސީން، ފިލުމުގެ މަސައްކަތްކުރަމުންދާކަށާއި ބައެއް ބިދޭސީން ކުޅުދުއްފުށްޓަށް ހިޖުރަކުރަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ އިމިގްރޭޝަންގެ އޮޕަރޭޝަންތައް އަތޮޅުތަކަށް ފުޅާކުރަން ނިންމާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވެއްޖެއެވެ. 

ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ޝަމްޢާން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމަށެވެ. 

މާލެ ސަރަޙައްދުގައި ކުރިއަށްގެންދިޔަ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، ދެނެގަތުމުގެ އޮޕަރޭޝަނާ ގުޅޭ މަޢުލޫމާތު މީޑިއާއާ ޙިއްސާކުރައްވަމުން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ އިމިގްރޭޝަނުގެ 211 އޮފިސަރުން މަގުތަކަށް ނިކުމެ ކުރިއަށްގެންދިޔަ ބޮޑު އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް ޢަމަލުކުރަމުންދާ ގިނަ ޢަދަދެއްގެ ބިދޭސީން ފާހަގަކުރެވިފައިވާކަމަށެވެ. މީގެ ތެރެއިން ބައެއް މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ޝަމްޢާން ވިދާޅުވިއެވެ. އަދި ގަވާއިދާ ޚިލާފަށް ހިންގަމުންދިޔަ ބައެއް ވިޔަފާރިތަކަށް ގަވާއިދުގެ ތެރެއަށް ވަނުމަށް 1 މަސްދުވަހުގެ މުއްދަތެއް ދެވިފައިވާ ކަމަށާއި، މި މުއްދަތު ހަމަވާއިރު އެ އެތަންތަން ގަވާއިދާ އެއްގޮތަށް ޢަމަލުކުރަން ނުފަށައިފިނަމަ، ފިޔަވަޅުއަޅާނެކަމުގެ އިންޒާރުވެސް ދީފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދައި، މިހާތަނަށް 3300 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކުރިކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދު ވަނީ ވިދާޅުވެފައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ފިޔަވަޅުއެޅުމަކީ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco