Ads by Stelco

ޚަބަރު

މަހުލޫފް ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިއްޖެ

މަހުލޫފް ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ވެރިކަން ކުރާ ޕީއެންސީއާ ގުޅިއްޖެ

"ދިވެހީންގެ ރާއްޖެ" ޖަލްސާގެ ތެރެއިން

farudhun logo

ފަރުދުން

14 ނޮވެމްބަރު 2025، 11:11

14 ނޮވެމްބަރު 2025، 11:11

އިދިކޮޅު އެމްޑީޕީގެ ސަރުކާރުގައި ވަޒީރުގެ މަޤާމު އަދާކުރެއްވި އަދި އެޕާޓީގެ ޤައުމީ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު މަހުލޫފާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއާ ގުޅިއްޖެއެވެ.

މަހުލޫފާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއް ޕީއެންސީއަށް ސޮއިކުރުމަށްފަހު، ޕާޓީއާ ގުޅުނުކަމުގެ އިގުރާރު ޕީއެންސީގެ ރައީސް އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލުކޮށްފައިވަނީ ޕީއެންސީން މިރޭ ބޭއްވި "ދިވެހީންގެ ރާއްޖެ" ބޮޑު ޖަލްސާގައެވެ. ޕީއެންސީއާ ގުޅިވަޑައިގެންނެވި އަހުމަދު މަހުލޫފަކީ ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރެއްވެސްމެއެވެ. މަހްލޫފް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.

މަހްލޫފްގެ އިތުރުން، އިމާދް ލަތީފްއާއި، އެމްޑީޕީގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ޗަބީގެ ހިތުރުން ހުސައިން މަނިކާއި އާއިލާގެ ގިނަ ބަޔަކު  ޕީއެންސީއަށް ގުޅިފައި ވެއެވެ. 

ޕީއެންސީއަކީ ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ހިމެނޭ ސިޔާސީ ޕާޓީއެވެ. މިޕާޓީން މިރޭ ބޭއްވި ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ދިވެރި ރައްޔިތުން އައިސްފައިވެއެވެ. އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި މި ޖަލްސާގައި ގާތްގަނޑަކަށް 13000 އެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް ބެލެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން