Ads by Stelco

ޚަބަރު

އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ފެށި މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ވަޒީރު

އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ފެށި މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ވަޒީރު

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ނޮވެމްބަރު 2025، 06:51

16 ނޮވެމްބަރު 2025، 06:51

އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، "ރެހެންދި އެވޯޑް" ހާޞިލް ކުރެއްވި ފަރާތަކަށް އެވޯޑު އެރުވުމަށް ހޮނިހިރު ދުވަހުގެރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރާއްޖޭގެ އެކިކަންކޮޅުތަކަށް ވަޑައިގެން އަންހެނުންގެ ޙާލަތު ބެއްލެވިއިރު، އިޤުތިޞާދީ ގޮތުން އަންހެނުން ކުރިއެރުމަށް ހުރި ދަތިތައް ފާހަގަކުރެވިގެން ދިޔަކަމަށެވެ. އެގޮތުން އެންމެ ފާހަގަވި ކަމަކީ، ބޭންކުގެ އުސޫލުތައް ހުރި ގޮތުން އަންހެނުން އިޤުތިޞާދީ ގޮތުން ބާރުވެރިވުމަށް ހުރި ގޮންޖެހުންތައް ކަމަށެވެ.

އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އަންހެނުންނަށް ޚާއްޞަ 100 މިލިޔަން ރުފިޔާގެ ލޯންނު ސްކީމެއް އެކުލަވާލައްވައި އަދި އެ ލޯން ސްކީމަކީ ޝާމިލް ކުރުވަނިވި ލޯން ސްކީމެއްގެ ގޮތުގައި ހެއްދެވިކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 

މިކަމަށް ނިމުމެއް ގެންނެވުމަށްޓަކައި އަންހެނުންނަށް ޚާއްސަ 100 މިލިޔަން ރުފިޔާގެ ލޯންނު ސްކީމެއް އެކުލަވާލައްވައި އަދި އެލޯން ސްކީމަކީ ޝާމިލް ކުރުވަނިވި ލޯން ސްކީމް އެއްގެ ގޮތަށް ހެއްދެވުމަށްޓަކައި ލޯން ސްކީމްގެ %25  ނުކުޅެދުންތެރިކަން ހުރި އަންހެނުންނަށް ޚާއްސަ ކުރެއްވި.

ވަޒީރު ވިދާޅުވިއެވެ.

އަދި މި ލޯނު 83 ފަރާތަކަށް ދޫކުރެވުނުއިރު، އޭގެ ތެރެއިން %45 ވިޔަފާރި ފެށި އެކަމުގެ މަންފާ އެ ފަރާތްތަކަށް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

މި ލޯނު ސްކީމްގެ އިތުރުން، އަންހެނުންގެ ވިޔަފާރީގެ ހުނަރު އިތުރުކުރުމަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަމުންދާކަން ވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީއާއި ވަޞީލަތްތަކުގެ އަލީގައި އަންހެނުންގެ ކުރިއެރުވުމަށް 2024 ވަނަ އަހަރު 77 އަންހެން ވިޔަފާރިވެރިންނަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދެވުނުކަމަށް ވަނީ ވިދާޅުވެފައެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ޤައުމު ބިނާކުރުމުގައި އަންހެނުންގެ ޚިއްޞާ އިތުރުކޮށް، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ. އަދި މި ސިޔާސަތާއި އެއްގޮތަށް ޢައްޔަންކުރެވޭ މަޤާމްތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާ އެކަމުގެ ބައެއް ތަފްސީލު ވަޒީރު ހިއްސާކުރެއްވިއެވެ.

ޤައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ މި ސަރުކާރުގެ މުހިއްމު އެއް ސިޔާސަތު. މި ސިޔާސަތާއި އެއްގޮތަށް ޢައްޔަންކުރެވޭ މަޤާމްތަކުގައި އަންހެނުންގެ ނިސްބަތްވަނީ އިތުރުކޮށްފައި. މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ޢައްޔަންކުރެވޭ އަންހެނުންގެ ނިސްބަތް 27 އިންސައްތައަށް ވަނީ އިތުރުކޮށްފައި.

ވަޒީރު ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ކުރިއަށް ދިއުމުގައި ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން އެބަ ހުރިކަމަށެވެ.

އަންހެނުންގެ ކުރިއެރުމަށް އޮތް މައިގަނޑު އެއް ހުރަހަކީ އަންހެނުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާކަން ފާހަގަކުރައްވާ މިކަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ޚާއްސަ އިސްކަމެއްދީގެން ޤާނޫނުތަކާއި ޤަވާއިދުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އިސްލާހުތަކުގެ ތެރެއިން މިހާރު އުފެދެމުން އަންނަ މައްސަލަތަކަށް ރިޢާޔަތްކޮށް ޤާނޫނީގޮތުން އަންހެނުންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން