ކުޅިވަރު

ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު: އަރާކުރި ކުރިއަރާ ގޮސް ފައިނަލުގެ ސީދާ ޖާގަ ކަށަވަރުކޮށްފި

ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު: އަރާކުރި ކުރިއަރާ ގޮސް ފައިނަލުގެ ސީދާ ޖާގަ ކަށަވަރުކޮށްފި

މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރާކުރި ޓީމުގެ މިންހާ، ބޯޅަ ޝޫޓް ކުރަނީ / ފޮޓޯ: ހޮޅުހިޔަލަ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 ނޮވެމްބަރު 2025، 09:13

16 ނޮވެމްބަރު 2025، 09:13

ނ. ހޮޅުދޫގައި މިހާރު ކުރިޔަށްދާ ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު 2025ގައި އެ ރަށުގެ އިރު މެދު އަވަށުން ވާދަކުރާ އަރާކުރި ޓީމުން މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ ކަށަވަރުކޮށްފިއެވެ.

މުބާރާތުގެ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަކަށް ސީދާ ފައިނަލުން ފުރުސަތު ލިބޭގޮތަށް ރާވާފައި އޮތްއިރު، އަރާކުރިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ހޮނިހިރުދުވަހުގެރޭ، އިރު ދެކުނު ޓީމާ ބައްދަލުކުރި މެޗު 5-3އިން ކާމިޔާބުކޮށްގެންނެވެ.

މި ނަތީޖާއާއެކު އެ ޓީމަށް ވަނީ ކުޅުނު 4 މެޗުން 12 ޕޮއިންޓު ލިބިފައެވެ.

އަރާކުރި ޓީމުން މުބާރާތުގައި ނެރެފައިވާ ނަތީޖާތައް:

  • މެޗު 1: އަރާކުރި 12-1 ބަނދަރު ސިޓީ 
  • މެޗު 2: އަރާ ތަރި 5-11 އަރާކުރި 
  • މެޗު 3: ހުޅަނގު މެދު ޓީމް 2-16 އަރާކުރި 
  • މެޗު 4: އިރު ދެކުނު ޓީމް 3-5 އަރާކުރި 

އެ ޓީމުން ގްރޫޕް ސްޓޭޖުގައި ޖުމްލަ 44 ގޯލު ކާމިޔާބުކޮށްފައިވާއިރު، ކޮޅަށް ވަދެފައި ވަނީ 11 ގޯލެވެ. އެހެންކަމުން މުބާރާތުގައި އަރާކުރި ފެނިގެން މިދަނީ، އެޓޭކާއި ޑިފެންސަށް ބެލިޔަސް އެންމެ ވަރުގަދަ ޓީމުގެ ގޮތުގައެވެ. 

މި މުބާރާތުގައި ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މިރޭ ކުޅޭ ޕްލޭ އޮފް މެޗު ކާމިޔާބުކުރާ ޓީމަކަށެވެ. އެ މެޗުގައި ބައްދަލު ކުރާނީ ލީގު ބުރުން ދެވަނަ އަދި ތިންވަނައަށް ދިޔަ އަރާ ތަރި އާއި ބަނދަރު ސިޓީއެވެ.

މި ދެ ޓީމަށް ވެސް 6 ޕޮއިންޓު ލިބިފައިވާއިރު، އަރާ ތަރިއަށް ތާވަލުގެ ދެވަނައިން ޖާގަ ލިބުނީ ފައިދާ ގޯލަށް ބަލައިގެންނެވެ. 

މުބާރާތުގެ ޕޮއިންޓު ތާވަލު---


މި ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް ކުޅޭނީ މިރެއެވެ. ހޮޅުދޫ ފުޓުބޯޅަ ދަނޑުގައި ކުރިޔަށްދާ މި މުބާރާތުގެ ޕްލޭ އޮފް މެޗު ފަށާނީ ރޭގަނޑު 08:15ގައެވެ. 

ހޮޅުހިޔަލަ ފުޓްސަލް ޗެލެންޖު 2025ގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހުގެރެއެވެ.

ހޮޅުހިޔަލައަކީ ހޮޅުދޫގެ އަންހެން ކަނބަލުންގެ ކުރިއެރުމަށް ޚާއްޞަކޮށް އެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން އުފައްދާފައިވާ ބްރޭންޑެކެވެ. އަދި މި އަހަރުގެ ހޭންބޯލް ޗެލެންޖަކީ އެ ބްރޭންޑުން އިންތިޒާމުކުރާ ފުރަތަމަ މުބާރާތެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން