ކުޅިވަރު

ހޮޅުހިޔަލަ ފުޓްސަލް ޗެލެންޖު: ފައިނަލްގެ ދެވަނަ ޖާގަ އަރާ ތަރިއަށް

ހޮޅުހިޔަލަ ފުޓްސަލް ޗެލެންޖު: ފައިނަލްގެ ދެވަނަ ޖާގަ އަރާ ތަރިއަށް

އަރާ ތަރީގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ / ފޮޓޯ: ހޮޅުހިޔަލަ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ނޮވެމްބަރު 2025، 09:22

17 ނޮވެމްބަރު 2025، 09:22

ނ. ހޮޅުދޫގެ އަވަށްތަކުން ޓީމުތައް ތަމްސީލުކުރާ ހޮޅުހިޔަލަ ހޭންޑްބޯލް ޗެލެންޖު 2025ގެ ފައިނަލުގެ ފަހު ޖާގަ، ހުޅަނގު ދެކުނު ވިލި ތަމްސީލުކުރާ އަރާ ތަރިން ހޯދައިފިއެވެ. 

އެ ޓީމުން ފައިނަލަށް ދަތުރުކުރީ، ލީގު ބުރުގެ ދެވަނަ އާއި ތިންވަނައަށް ދިޔަ ދެ ޓީމުގެ މެދުގައި ކުޅެވުނު ޕްލޭ-އޮފް މެޗު ކާމިޔާބުކޮށްގެންނެވެ. 

އާދީއްތަ ދުވަހުގެރޭ ހޮޅުދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު ޕްލޭ-އޮފްގައި ބަނދަރު ސިޓީއާ ބައްދަލުކުރި މެޗު އަރާ ތަރިން ކާމިޔާބުކުރީ 5-4އިންނެވެ.

މި މެޗުގައި އަރާތަރީގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަނޫޝާ، އާޔާ، މިޝްކާ އަދި ހުސްނާއެވެ. މީގެ ތެރެއިން އަނޫޝާ ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ލިބުނީ އޭނާއަށެވެ.

އަދި ބަނދަރު ސިޓީގެ 3 ގޯލު ޒިހުނާ ކާމިޔާބުކުރިއިރު، ހަދީޖާ ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. 

މި މުބާރާތުގެ ފައިނަލުގައި އަރާ ކުރި އާއި އަރާ ތަރި ބައްދަލުކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރެއެވެ. 

ހޮޅުހިޔަލައަކީ ހޮޅުދޫގެ އަންހެން ކަނބަލުންގެ ކުރިއެރުމަށް ޚާއްޞަކޮށް އެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން އުފައްދާފައިވާ ބްރޭންޑެކެވެ. އަދި މި އަހަރުގެ ހޭންބޯލް ޗެލެންޖަކީ އެ ބްރޭންޑުން އިންތިޒާމުކުރާ ފުރަތަމަ މުބާރާތެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން