Ads by Stelco

ޚަބަރު

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފި

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަޙުޤީޤުކުރަން ފަށައިފި

ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ.

farudhun logo

ފަރުދުން

19 ނޮވެމްބަރު 2025، 04:05

19 ނޮވެމްބަރު 2025، 04:05

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 16ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަޙުޤީޤު ފެށިކަން ހާމަކުރުމުގެ އިތުރުން، ފުލުހުން މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް އަދި ހާމަކޮށްފައި ނުވެއެވެ.

ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިހާރު ބަލަން ފަށާފައިވާއިރު، ގަދަކަމުން އަންހެނަކު ހިފަހައްޓައި، ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ. 

މީގެ އިތުރުން، މިދިޔަ ހަފްތާގައި މާލޭގެ މަގެއްގެ މަތީން ފުލުހުންގެ އެހީއަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ބެލިއިރު، އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ހާމަވި މައްސަލައެއް ވެސް ފެންމަތިވެފައިވެއެވެ. މިއިން އެއްވެސް މައްސަލައެއްގެ ތަފްޞީލީ މަޢުލޫމާތު ފުލުހުން އަދި ޢާންމުކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން