ޚަބަރު
ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ މީހަކު ހައްޔަރުކޮށްފި
ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީ މީހަކު ހައްޔަރުކުރުން. ފޮޓޯ: ފުލުހުން.
ފަރުދުން
19 ނޮވެމްބަރު 2025، 04:06
19 ނޮވެމްބަރު 2025، 04:06
މިލަދުންމަޑުލު ދެކުނުބުރީ ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ބިދޭސީ މީހަކު ހައްޔަރުކޮށްފިއެވެ.
މާލެއިން ވެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ، އިންޑިޔާއަށް ނިސްބަތްވާ ގުރުދީޕް ސިންހު (30އ)އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ވެލިދޫ ޕޮލިސް ގުޅިގެން މި މަހުގެ 18ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، ވެލިދޫ ބަނދަރު މަތީން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަޤުތީ ބަރުދަނަކީ 41.6 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ގުރުދީޕް ސިންހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން، 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.