Ads by Stelco

ޚަބަރު

ބިލެތްދޫގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފި

ބިލެތްދޫގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފި

ބިލެތްދޫގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކުރުން. ފޮޓޯ: ފުލުހުން.

farudhun logo

ފަރުދުން

19 ނޮވެމްބަރު 2025، 04:06

19 ނޮވެމްބަރު 2025، 04:06

ފ. ބިލެތްދޫގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ބިލެތްދޫ / ޑޭޒީމާގެ، ނަޒަވާން ނާފިޢު (22އ) އަދި ފ. ބިލެތްދޫ / ޗާންދަނީ ވިލާ، އައިމަން ނަޝީދު (26އ)އެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ، ބިލެތްދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ބޭނުންކުރަން ތިބިކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 18ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ބިލެތްދޫ ފުލުހުން ހިންގި މި އޮޕަރޭޝަންގައި އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ތިބި ކޮޓަރި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރު އިއްވާފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން