Ads by Stelco

ޚަބަރު

އެންޑީއޭގެ ފަރުވާގައި ތިބޭ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އެންޑީއޭގެ ފަރުވާގައި ތިބޭ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މައްސަލާގައިނހައްޔަރުކޮށްފައިވާ ފަޞީޙް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 ނޮވެމްބަރު 2025، 05:53

20 ނޮވެމްބަރު 2025، 05:53

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ދެމުންދާ ފަރާތްތަކަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

 ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެންޑީއޭގެ ފަރާތުން ކަމަށާއި، މިހާރު މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ފުލުހުންގެ މަޢުލޫމާތު ދެއްވާ ގޮތުގައި، މިމަހުގެ 4 ވަނަ ދުވަހު އެންޑީއޭއިން ހުށަހެޅި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ އިދާރާގެ ޕިއަރ މެންޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އޭނާއަކީ ސ. ފޭދޫ، ފްލޮރިޑާ، 51 އަހަރުގެ މުޙައްމަދު ފަޞީޙް ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި ތުހުމަތުތަކަކީ ޑްރަގަށް ފަރުވާ ހޯދާ ފަރާތްތަކުގެ އިތުބާރު ލިބިފައިވާ މުއައްސަސާއެއްގެ ތެރޭގައި ހިންގިފައިވާ ކަމަށް ބެލެވޭ ނުރައްކާތެރި އަމަލެއް ކަމަށްވާތީ، ފުލުހުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަޙުޤީޤުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ތަޙުޤީޤަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން