Ads by Stelco

ޚަބަރު

ހުޅުމާލެ ސެންޓްރަލް ޕާކުގައި "އުފާ ފެސްޓިވަލް 2025" ފަށައިފި

ހުޅުމާލެ ސެންޓްރަލް ޕާކުގައި "އުފާ ފެސްޓިވަލް  2025" ފަށައިފި

ހުޅުމާލެ ސެންޓްރަލް ޕާކުގައި "އުފާ ފެސްޓިވަލް 2025" / ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

21 ނޮވެމްބަރު 2025، 06:56

21 ނޮވެމްބަރު 2025، 06:56

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުޑަކުދިންނަށް ޚާއްޞަ "އުފާ ފެސްޓިވަލް  2025" ފަށައިފިއެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ބައިނަލްއަޤުވާމީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އެ ވުޒާރާ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އުރީދޫ އަދި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަމް (އެޗްޑީސީ) ގުޅިގެން ފާއިތުވެދިޔަ 2 އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ހިންގާ ޚާއްޞަ ހަރަކާތެކެވެ.

މި ފެސްޓިވަލް ހުޅުއްވައިދެއްވާފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މިގޮތުން މި ޚާއްސަ ފެސްޓިވަލްގައި ވަނީ މި ދެ ވުޒާރާއިން ފާއިތުވެ ދިޔަ 2 އަހަރު ތެރޭގައި ކޮށްފައިވާ މުހިންމު މަސައްކަތްތަކުގެ އުސްއަލިތައް ހިމެނޭ ޚާއްސަ ބުކްލެޓެއް ވެސް ލޯންޗްކޮށްފައެވެ.

ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން "އުފާ ފެސްޓިވަލް  2025" / ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ދެ ދުވަހަށް ކުރިޔަށްދާ މި ފެސްޓިވަލްއަކީ ސަރުކާރުގެ ގިނަ މުއައްސަސާތަކާއި، ކުންފުނިތަކާއި ގުޅިގެން ހިންގޭ މި ހަރަކާތުގައި ކުޑަކުދިން ގަޔާވާ ފަދަ ތަފާތު ކުޅިވަރުތަކުގެ އިތުރުން، އިސްރަށްވެހިންނަށް ޚާއްސަ ޖާގައަކާއި، ތަފާތު ސްޓޭޖް އައިޓަމްތައް ފެނިގެންދާނެކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ނޮވެންބަރު މަހުގެ 21 އަދި 22 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. 

މިހަރަކާތްތަކުގެ ތެރޭގައި 21 ވަނަ ދުވަހުގެ ރޭގަނޑު 20:00-22:00 އަށް ކުޑަކުދިންނަށް ޚާއްސަ މޫވީ ނައިޓެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުދިންނާއި އާއިލާތަކަށް ޚާއްސަކޮށްގެން ބާއްވާ މި މޫވީނައިޓަކީ އުރީދޫއާއި މި ވުޒާރާއާ ގުޅިގެން އިންތިޒާމުކޮށްފައިވާ ޚާއްސަ ހަރަކާތެކެވެ. މީގެ އިތުރުން، 22 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް އަދި ރޭގަނޑު 20:00-22:00 އަށް ހޭވައްލާ ބޮޑުބެރު ގްރޫޕްވެސް ފެސްޓިވަލްގައި ހަރަކާތްތެރިވަމުންދާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން