ދުނިޔެ

އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް ވޮޝިންޓަންގައި ތަފާތު ޙަރަކާތެއް: ޓްރަމްޕްއާއި ނެތަންޔާހޫ ލޭ ބޮނިކޮށް ދައްކުވައިފި!

އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް ވޮޝިންޓަންގައި ތަފާތު ޙަރަކާތެއް: ޓްރަމްޕްއާއި ނެތަންޔާހޫ ލޭ ބޮނިކޮށް ދައްކުވައިފި!

އިސްރާއީލުގެ ޢުދުވާނާ ދެކޮޅަށް ވޮޝިންޓަންގައި ތަފާތު ޙަރަކާތެއް ބޭއްވުން.

farudhun logo

ފަރުދުން

22 ނޮވެމްބަރު 2025، 03:46

22 ނޮވެމްބަރު 2025، 03:46

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީ.ސީ.ގައި، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ވަރަށް ތަފާތު ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވޮޝިންޓަންގެ ރޭލު ސްޓޭޝަނު ކައިރީގައި ދައްކުވާލި މި ތަމްޘީލުގައި، ފަސް އެކްޓަރުން ބައިވެރިވެފައިވެއެވެ. އެ ފަސް މީހުން ކުޅެފައިވާ ރޯލްތަކަކީ: 1) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2) އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، 3) އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ، 4) އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން، އަދި 5) އެމެރިކާގެ ކުރީގެ ސްޓޭޓް ސެކްރެޓަރީ އެންޓޮނީ ބްލިންކެން އެވެ.

މި ތަމްޘީލީ ޑްރާމާގައި، 5 އެކްޓަރުން ވަނީ ލޭ އަޅާފައިވާ މޭޒެއް ދޮށުގައި އިށީނދެފައެވެ. އެ މޭޒުގައި އަޅާ ފޮތީގެ ގޮތުގައި ބޭނުންކޮށްފައިވަނީ އިސްރާއީލުގެ ދިދައެވެ. މީގައި ބޭނުންކޮށްފައިވާ އިތުރު ތަކެތީގެ ތެރޭގައި ބުދުތަކުގެ ވަކިވެފައިވާ ގުނަވަންތަކާއި، ފޭކު ލޭ އަޅާފައިވާ ބިއްލޫރި ތަށިތައް ހިމެނެއެވެ. 5 އެކްޓަރުން ވެސް ވަނީ، ތަމްޘީލުކޮށްދޭން ބޭނުންވާ ފަރާތްތަކުގެ މޫނާ ވައްތަރު ގޮތަށް ފަރުމާކޮށްފައިވާ މާސްކުތަކެއް އަޅާފައެވެ.

މޭޒުގައި ހުރި ކާތަށިތަކުގައި "ކާނާ"ގެ ގޮތުގައި ބަހައްޓާފައި ހުރީ "ޣައްޒާ ކުޑަކުދީންގެ އަތްފައި"، "ވަގަށް ނަގާފައިވާ ގުނަވަންތައް" "ނަހަމަ ގޮތުގައި ހޯދާފައިވާ އިންސާނުންގެ ހަންގަނޑު" މިދަފަ ނަންނަން ދީފައިވާ ޑިޝްތަކެވެ.

އިސްރާއީލުން ފަލަސްޠީނާ ދެކޮޅަށް ހިންގާ ޢުދުވާނުގައި ބައިވެރިވާ ވެރީންނާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މި ޙަރަކާތަށް، ޔަހޫދީންގެ ފަރާތުން ވަރަށް ބޮޑަށް ނުރުހުން ލިބިފައިވެއެވެ. އެމެރިކާގެ ޔަހޫދީ ކޮމިޓީ ފަދަ ޖަމާޢަތްތަކުން މި ޙަރަކާތް ޞިފަކޮށްފައިވަނީ، "އެންޓި ސެމިޓިކް" ކުޅިވަރެއްގެ ގޮތުގައެވެ. ނަމަވެސް ފަލަސްޠީނަށް ތާއީދުކުރާ ފަރާތްތަކުން ދެކެނީ، މިއީ އިސްރާއީލަށް މަދަދުވެރިވުމުގައި އެމެރިކާގެ ދައުރަށް މީހުންގެ ލޯތައް ހުޅުވުމަށް މުހިންމު ޙަރަކާތެއް ކަމަށެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން