Ads by Stelco

ޚަބަރު

އަމީނިއްޔާ ސްކޫލުގެ ނަމުގައި ސްކޭމެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެދެފި

އަމީނިއްޔާ ސްކޫލުގެ ނަމުގައި ސްކޭމެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެދެފި

ސްކޭމް މެސެޖް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ނޮވެމްބަރު 2025، 10:22

23 ނޮވެމްބަރު 2025، 10:22

އަމީނިއްޔާ ސްކޫލުގެ ނަމުގައި ސްކޭމެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ސްކޫލުން ބެލެނިވެރިންނަށް އިލްތިމާސްކޮށްފިއެވެ.

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ފާއިތުވެދިޔަ ދުވަސްތަކުގައި އޮޅުވާލައިގެން ފައިސާ ފޭރުމަށް ސްކޭމް މެސެޖްތަކެއް ދިޔައީ ލިބެމުންނެވެ. މިކަމާއި ގުޅިގެން އެ ސްކޫލުން ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އެ ސްކޫލުގެ ނަމުގައި ދައުރުވަމުންދާ މެސެޖުގައި ކަސްޓަމްސްގައި އޮތް ޕެކޭޖެއް ނެގުމަށް މޯލްޑިވްސް ޕޯސްޓަށް ފައިސާ ދެއްކުމަށް ލިންކެއް އަންނަ ކަމަށެވެ. ނަމަވެސް، އެފަދަ އެއްވެސް ކަމެއްގައި ސްކޫލުން ލިންކެއް ނުފޮނުވާނެ ކަމަށް އެ ސްކޫލުން ވިދާޅުވިއެވެ.

ތަފާތު އެކި ނަންނަމުގައި ފޯނަށް ލިންކުތައް ފޮނުވައިގެން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ ފަރާތްތަކުން ގިނަ ފަހަރު މެސެޖުތައް ފޮނުވަމުންދަނީ  ބޮޑެތި ވިޔަފާރިތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ ނަމުގައިކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން، މިފަދަ ލިންކުތަކަށް ފަރުވާތެރިވެ، އެއަށް ޢަމަލުކުރުމުގެ ކުރިން އެ އިދާރާއަކަށް ގުޅާ ޔަޤީންކޮށް، އެކަމަށް ސަމާލުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ސްކޭމްގެ އެކި މައްސަލަތަކާއި ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިކަމަށް ރައްޔިތުން ކުރިއަށް ވުރެ ހޭލުންތެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން