Ads by Stelco

ޚަބަރު

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ޖަމީލް ޢުޘްމާން އައްޔަނުކުރައްވައިފި

އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ޖަމީލް ޢުޘްމާން އައްޔަނުކުރައްވައިފި

ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުޘްމާން

farudhun logo

ފަރުދުން

23 ނޮވެމްބަރު 2025، 05:41

23 ނޮވެމްބަރު 2025، 05:41

މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް، ޖަމީލްް އުޘްމާން އައްޔަނުކުރައްވައިފިއެވެ. 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ޕީސީބީން ވިދާޅުވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހުޅުމާލެ ގޯތި ނަންބަރ 10718 އޯކިޑްހިޔާ، ޖަމީލް ޢުޘްމާން އައްޔަނުކޮށްފައިވާ ކަމަށެވެ. 

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، އައްޔަނުކުރެއްވި ޖަމީލް އުޘްމާނަކީ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި އަދި 18 ވަނަ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރުކަން އަދާކުރެއްވި ޖަމީލް ޢުޘްމާނާއެކު، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިބީ 8 މެމްބަރުންނެވެ. އެއީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ސަހާ ވަހީދާއި، އިބްރާހިމް ސިޔާދު ގާސިމާއި، މުހައްމަދު މިހާދާއި، އިބްރާހިމް މަހުދީ، އަދި މުޖުތަބާ ލަތީފްއެވެ.

އެމްއޭސީއެލްގެ ހިންގުން ހަރުދަނާ ކުރުމަށް އެ ކުންފުނިން ދާދި ފަހުން ވަނީ ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް އިތުރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން