Ads by Stelco

ޚަބަރު

"އުތުރު ހުވަދޫ ފަންނު އެކްސްޕޯ 2025" ގއ. ވިލިނގިލީގައި ފަށައިފި

"އުތުރު ހުވަދޫ ފަންނު އެކްސްޕޯ 2025" ގއ. ވިލިނގިލީގައި ފަށައިފި

"އުތުރު ހުވަދޫ ފަންނު އެކްސްޕޯ 2025"ގެ ބައިވެރީންގެ ބައެއް މަސައްކަތްތައް / ފޮޓޯ: މޯލްޑިވްސް ޕޮލިޓެކްނިކް

farudhun logo

ފަރުދުން

24 ނޮވެމްބަރު 2025، 06:21

24 ނޮވެމްބަރު 2025، 06:21

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން، "އުތުރު ހުވަދޫ ފަންނު އެކްސްޕޯ 2025"ގެ ނަމުގައި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ޙާއްޞަ އެކްސްޕޯއެއް ފަށައިފިއެވެ.

ގއ. ވިލިނގިލީ ރަށު ކައުންސިލް، ބިޒްނަސް ސެންޓަރ، އަދި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯއަކީ، 22 ނޮވެމްބަރުން ފެށިގެން ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ރޭގަނޑު ދިހައަކަށް ކުރިޔަށް ގެންދާ ޙަރަކާތެކެވެ.

ތަފާތު ފަންނުތައް ދައްކުވައިދިނުމުގެ މައިގަނޑު މަޤުޞަދުގައި ކުރިޔަށް ގެންދާ މި އެކްސްޕޯގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޘަޤާފަތުގެ މުއްސަނދިކަން ފާޅުކުރުމާއި، ރާއްޖޭގައި ނެތެމުންދާ އެތަށް ފަންނުތަކެއްގައި ދިވެހީން ތަމްރީނުކުރުމަށް ތަފާތު ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމެވެ. އެ ގޮތުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ވުޑްކަރވިންގ، އިލެކްޓްރިޝަން، ގެސްޓް ހައުސް މެނޭޖްމަންޓް، ވެލްޑިންގ ފަދަ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދެވިފައި ވާއިރު، ދިވެހިރާއްޖޭގައި ނެތެމުންދާ ފަންނުތައް ދިރުވާ އާލާކުރުމަށް އަތޮޅުތެރޭގެ ރަށްރަށުގައި ދަނީ އެތަށް މަސައްކަތްތަކެއް ކުރިއަށް ގެންދަމުންނެވެ.

މި އެކްސްޕޯގައި ފެނިގެންދާނެ ހުނަރުތަކުގެ ތެރޭގައި: ތަފާތު އެކި ކުރެހުންތަކާއި، ލަކުނޑިން ތައްޔާރުކޮށްފައިވާ ތަކެއްޗާއި، ލިޔެލާޖެހި އުފެއްދުންތަކާއި، ކެލިގްރަފީ އަދި އެނޫން ވެސް ތަފާތު ފަންނުވެރި މަސައްކަތްތައް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން