Ads by Stelco

ޚަބަރު

ކުނި ބޭނުންކޮށްގެން އުފައްދާފައި ހުރި ތަކެތި ދައްކާލުމަށް ފެސްޓިވަލެއް ބާއްވައިފި

ކުނި ބޭނުންކޮށްގެން އުފައްދާފައި ހުރި ތަކެތި ދައްކާލުމަށް ފެސްޓިވަލެއް ބާއްވައިފި

ކުނިން އުފައްދާފައިވާ ތަކެތި ދައްކާލުމަށް ބޭއްވި ފެސްޓިވަލް. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2025، 11:27

25 ނޮވެމްބަރު 2025، 11:27

ހުލާސާ


ލ. ގަމުގައި މިހާރު ކުރިއަށްދާ "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" ގެ ހަވާސާގެ ތެރެއިން، ކުނި މެނޭޖުކުރުމާއި ގުޅޭ "މަގޭ ސާފު ރާއްޖެ ފެސްޓް 2025" ބާއްވައިފިއެވެ.

 މި ފެސްޓިވަލް ބާއްވާފައިވަނީ އުކާލާ ކުނި ބޭނުންކޮށްގެން އާންމު ފަރާތްތަކުން އުފައްދާފައިވާ ތަކެތި ދައްކާލުމުގެ މަޤްޞަދުގައެވެ. މި ފެސްޓިވަލަށް ގަމުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ޒިޔާރަތްކޮށްފައިވެއެވެ.

ފެސްޓިވަލުގައި ހިމެނޭ ސްޓޯލްތަކުގައި، އުކާލާފައި ހުރި އެކި ބާވަތުގެ ކުނި ބޭނުންކޮށްގެން ހަދާފައިވާ ތަފާތު އުފެއްދުންތައް ވަނީ ދައްކާލާފައެވެ. އާންމުންގެ ސްޓޯލްތަކުގެ އިތުރުން، މިފަދަ ތަކެތި ހަދާނެ ގޮތްތައް އޮޅުންފިލުވައިދޭ ސްޓޯލްތަކާއި، ކެއިން ބުއިމުގެ ވައްތަރުތަކާއި، ކުޅިވަރުތައް ހިމެނޭ ސްޓޯލްތައްވެސް ފެސްޓިވަލުގައި ބައިވެރިވެފައިވެއެވެ.

ދައްކާލި އުފެއްދުންތަކުގެ ތެރޭގައި އުކާލާފައިވާ ކުނި ބޭނުންކޮށްގެން ރީތި ޑިޒައިންތަކަށް ފަރުމާކޮށްފައި ހުރި އަނގޮޓިތަކާއި، ކުރެހުންތައް ފާހަގަކޮށްލެވެއެވެ. މިފަދަ އުފެއްދުންތައް އުފައްދައި، ކުނިން ބޭނުންތެރި ކަންކަން ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފެސްޓިވަލަށް ޒިޔާރަތްކުރި ކުދިންނާއި، މީހުންވެސް ފާހަގަކުރިއެވެ.

މި ފެސްޓިވަލް ބޭއްވުނު "މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025" އަކީ، ކުނި މެނޭޖު ކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މަޝްވަރާ ކުރުމަށް ހައްދުންމަތީ ގަމުގައި ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާގައި 9 އަތޮޅެއްގެ 88 ރަށް ތަމްސީލުކުރާ 200އެއްހާ މީހުން ބައިވެރިވެފައިވެއެވެ؛ މީގެ ތެރޭގައި ދާއިރާގައި ހަރަކާތްތެރިވާ މީހުންނާއި، ކައުންސިލްތަކުގެ ރައީސުންނާއި، މަންދޫބުން ހިމެނެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން