ޚަބަރު
ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޤާބިލުކަން އިތުރުކުރުމަށް މޯލްޑިިވިއަންއިން ހާން އެއާއާއެކު އެއްބަސްވުމަކަށް
މޯލްޑިވިޔަންގެ ވައިޑް-ބޮޑީ މަތިންދާބޯޓެއްގައި ދިވެހި ދިދަ: ތަޞްވީރު- މޯލްޑިވިޔަން.
ފަރުދުން
25 ނޮވެމްބަރު 2025، 07:40
25 ނޮވެމްބަރު 2025، 07:40
ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޤާބިލުކަން އިތުރުކުރުމަށް ޤައުމީ އެއަރލައިން މޯލްޑިިވިއަން އިން، ހާން އެއާއާއެކު އެއްބަސްވުމެއްގައިި ސޮއިކޮށްފިއެވެ.
މޯލްޑިވިއަން އިން ބުނީ، މި އެއްބަސްވުމުގެ ދަށުން އެ، އެއާލައިނުން ފުޅާދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމުގައެވެ. މި އެއްބަސްވުމާއިއެކު، ދުނިޔޭގެ 350 އަށް ވުރެ ގިނަ އެއާލައިންތަކާއި ގުޅިގެން މަސައްކަތްކުރާ ހާންއެއާގެ ބޮޑު ނެޓްވޯކްގެ ބަޔަކަށް މޯލްޑީވިއަން ވެގެން ގޮސްފައިވާއިރު، މޯލްޑިވިއަނުން ދަނީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ރާއްޖެއިން ބޭރަށް ކުރާ އުދުހުންތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މޯލްޑިވިއަންއިން ބުނެފައިވަނީ، އެއްބަސްވުމުގެ ދަށުން މައިގަނޑު ހުރިހާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމް (ޖީޑީއެސް) ތަކެއްގައި ހާންއެއާގެ އެކްސް 1 ގައި މޯލްޑިވިއަންގެ ޓިކެޓް ލިބެން ހުންނާނެ ކަމަށެެވެ.
Maldivian is now partnered with Hahnair, making our flights easier to access through global distribution channels and strengthening the way we connect with the world 🌍#Maldivianaero pic.twitter.com/eyaqXvGkU8
— MaldivianAero (@MaldivianAero) November 25, 2025
ހަމައެއާއެކު މި ޕާޓްނާޝިޕްގެ ސަބަބުން، ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުވެގެންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަދި ރާއްޖެ ތެރޭގައި މޯލްޑިވިއަނުން ކުރާ ދަތުރުތަކަށް ޓިކެޓް ހޯދުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބެން ދާނެކަމެއް ކަމަށް މޯލްޑިވިއަން އިން ދެކެއެވެ. މޯލްޑިވިއަން އަކީ ޑޮމެސްޓިކް އަދި ބައިނަލްއަގުވާމީ މަންޒިލްތައް ހިމެނޭ ގޮތުން 17 މަންޒިލަކަށް ދަތުކުރުކުރާ އެއާލައިނެކެވެ. މޯލްޑިވިއަނުން މުޅިން އަލަށް ވައިޑް ބޮޑީ މަތިންދާބޯޓު ގެނެސްފައިވާއިރު، އިތުރު ވައިޑް ބޮޑީ މަތިންދާ ބޯޓުތަކެއް ގެނައުމުގެ މަސައްކަތް، އެ ކުންފުނިން ދަނީ ކުރަމުންނެވެ.