Ads by Stelco

ޚަބަރު

ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޙްލޫފު އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޙްލޫފު އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ކުރީގެ ވަޒީރު މަޙުލޫފް: ފޮޓޯ- މަޖިލިސް

farudhun logo

ފަރުދުން

26 ނޮވެމްބަރު 2025، 04:56

26 ނޮވެމްބަރު 2025، 04:56

ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ، ކުރީގެ ވަޒީރު އަހުމަދު މަޙްލޫފު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މަހުލޫފަށް ރުހުން ދިނުމާމެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. ދިވެހިރާއްޖޭގެ ފޮރިން ސާވިސް ޤާނޫނުގެ ދަށުން ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޙްލޫފު އައްޔަން ކުރުމަށްޓަކައި، އޭނާގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެން، ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގަތީ މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ހ

ހައްގުބަސް

26/11/2025 18:08

މިކަހަލަ ދެއުޅި އެއްނު ވާ މީހުން ޕާޓީ އައްގެނެސް ބޮޑުމުސާރަ ދީގެން ގެން ގުޅެނީ އެމީހުންގެ ފަރާތުން ކޮންކަހަލަ މަންފާ އެއް ލިބޭނެ ކަމައް