Ads by Stelco

ޚަބަރު

ހއ. އަތޮޅު ހޮސްޕިޓަލާއި ދުވާފަރު ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ހއ. އަތޮޅު ހޮސްޕިޓަލާއި ދުވާފަރު ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ދުވާފަރު ޞިއްޙީ މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު: ފޮޓޯ- ހެލްތް މިނިސްޓްރީ

farudhun logo

ފަރުދުން

26 ނޮވެމްބަރު 2025، 07:22

26 ނޮވެމްބަރު 2025، 07:22

ހއ.އަތޮޅު ހޮސްޕިޓަލުގައި ސީޓީއާއި މެމޮގްރަފީއާއި އެކްސްރޭގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ޢިމާރާތާއި ރ.ދުވާފަރު ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑުކުރުމަށް އިތުރުކުރާ ޢިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ، މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ  ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ހެލްތު މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރަތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަހުމަދު ޤާސިމް އަދި ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޢިމާދުއެވެ.

06 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެއްވި މި ޕްރޮޖެކްޓުގެ އަގަކީ 4.9 މިލިއަން ރުފިޔާއެވެ. މިޕްރޮޖެޓްގެދަށުން ސީޓީ ރޫމް، އެކްސްރޭ ރޫމް އަދި އަލްޓްރާސައުންޑް ސްކޭން ރޫމް އަދި ސްޕީޗް ތެރަޕީ ރޫމެއް ތަރައްޤީ ކުރެވިގެންދާނެއެވެ. 



ރ.ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ހުސެއިން ތަސްމީން އެވެ.

މި ޕްރޮޖެކްޓްވެސް 06 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، މި ޕްރޮޖެކްޓުގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ. މިޕްރޮޖެޓްގެ ސްކޯޕްގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި އައިސީޔޫ، ނާސް ސްޓޭޝަނާއި ޕްރޮސީޖަރ ރޫމްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމްސް ހިމެނެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަށް ރަނގަޅު ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދަނީ ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން