Ads by Stelco

ޚަބަރު

ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ނިންމާލައިފި

ޤައުމީ ފެންވަރުގައި ކުރިއަށްގެންދިޔަ "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ނިންމާލައިފި

"މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025": ފޮޓޯ- ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

26 ނޮވެމްބަރު 2025، 07:51

26 ނޮވެމްބަރު 2025، 07:51

ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައި ކުރިއަށްގެންދިޔަ "މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2025" ނިންމާލައިފިއެވެ. 

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު އިފްތިތާޙު ކުރެއްވި މި މަހާސިންތާ ކުރިއަށްގެންގޮސްފައިވަނީ، މި ހަފުތާގެ ހޯމަ ދުވަހުން  ބުދަ ދުވަހުގެ ނިޔަލަށް ހައްދުންމަތީ ގަމުގައެވެ. މި މަހާސިންތާގައި 9 އަތޮޅުގެއްގެ 88 ރަށުގެ މަންދޫބުން ބައިވެރިވެފައިވާއިރު މަހާސިންތާގައި ބައިވެރިން ވަނީ ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މަޝްވަރާކޮށްފައެވެ. 

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ ވިދާޅުވީ، 'މަގޭ ސާފު ރާއްޖެ 2025' މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ސާފުތާހިރުކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމާއި، ކުނި މެނޭޖްކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ކަމުގައެވެ. މީގެ އިތުރުން ރައްޔިތުންގެ މެދުގައި ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކޮށް، ސާފުތާހިރުކަމުގެ ސަގާފަތެއް އާލާކުރުމަށް މި މަހާސިންތާއިން ބާރު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި މަހާސިންތާގެ ތެރެއިން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. 

'މަގޭ ސާފު ރާއްޖެ 2025' މަހާސިންތާގައި ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އިސްވެރިން، ކުންފުނިތަކުނާއި، ތިމާވެށި ދާއިރާގެ ތަޖުރިބާކާރުންނާއި، އެކިއެކި ރަށްރަށުގެ ރައްޔިތުންގެ ތަމްސީލުކުރާ ފަރާތްތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން