ޚަބަރު
ހުނަރުވެރި ލީޑަރުން ބިނާކުރުމަށް ފެންވަރު ރަނގަޅު ތަޢުލީމަކީ ކޮންމެހެން ވެސް ލާޒިމު ކަމެއް: ވަޒީރު
ވަޒީރު ވާހަކަފުޅު ދެއްކެވުން/ފޮޓޯ: ވުޒާރާ
ހުނަރުވެރި ލީޑަރުން ބިނާކުރުމަށް ފެންވަރު ރަނގަޅު ތަޢުލީމަކީ ކޮންމެހެން ވެސް ލާޒިމު ކަމެއް ކަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ހޮޓެލް ޖެންގައި ރޭ ބޭއްވި އޮސްޓްރޭލިއާ އެވޯޑްސް ފެއަރވެލް އިވެންޓު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ހުނަރުވެރި ލީޑަރުން ބިނާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލިއްޔަތުކަން އިތުރުކޮށް ޤައުމުގެ ތަރައްޤީއަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ބިނާކުރުމަށްޓަކައި، ފެންވަރު ރަނގަޅު ތަޢުލީމަކީ ކޮންމެހެން ވެސް ލާޒިމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، އިޖުތިމާޢީ ޚިދުމަތްތަކާއި، ކުޑަކުދިން ރައްކާތެރިކުރުމާއި، މިންތީގެ ހަމަހަމަކަމާއި، ސިޔާސަތު ކަނޑައެޅުމުގެ އިތުރުން، މުޖުތަމަޢު ބާރުވެރިކުރުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުވަމުން އަންނަކަން މިހާރު ފާހަގަކުރެވޭ ކަމަށެވެ.
ހަމަ އެއާއެކު، އެންމެން ޝާމިލުވާ، އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމަށް ހަރުދަނާ މުއައްސަސާތަކުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަޒީރު ވަނީ އަލިއަޅުއްވާލައްވާފަ އެވެ.