Ads by Stelco

ޚަބަރު

ޒުވާނުންނަށް ޚާއްޞަ ސަޅި ފެސްޓު ޔޫތު ހަބުގައި ފަށައިފި

ޒުވާނުންނަށް ޚާއްޞަ ސަޅި ފެސްޓު ޔޫތު ހަބުގައި ފަށައިފި

ޒުވާނުންތަކެއް . ފޮޓޯ/ލ ޔުނިސެފް

farudhun logo

ފަރުދުން

27 ނޮވެމްބަރު 2025، 08:45

27 ނޮވެމްބަރު 2025، 08:45

ދިވެހި ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިޔަށްގެންދާ "ސަޅި ފެސްޓް 2025" ފަށައިފިއެވެ. 

މިއީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ އިސްނެގުމުގެ މަތިން، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.



މި ހަރަކާތް ކުރިޔަށް ގެންދަނީ ކުރީގެ މުލީއާގެ ވެހިކަލް ގަރާޖުގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތް ތަރައްޤީ ކުރުމަށްފަހު އެ ތަނުގައި ޒުވާނުންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ޔޫތު ހަބުގައެވެ.

"ސަޅި ފެސްޓު 2025"ގައި ޒުވާނުންނަށް ޚާއްޞަ ގިނަ ކަންތައްތަކެއް ކުރިޔަށްދެއެވެ. އެގޮތުން ވިޔަފާރި ސްޓޯލްތަކާއި ފުޑް ސްޓޯލްތަކާއެކު އާ ހުނަރުތައް ދަސްކުރުމަށާއި، ހުނަރު ތަރައްޤީ ކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތްތައް ވެސް ހިމެނެއެވެ. 

މި މަހުގެ 27، 28 އަދި 29ގައި ކުރިޔަށްގެންދާ މި ހަރަކާތުގައި، ބައިވެރިންނަށް ހިލޭ ކަރޯކޭ ރޫމްތަކާއި، އެކި ކަހަލަ ގޭމް ޒޯންތަކުގައި ވަގުތު ހޭދަކުރެވޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ހާދަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން