ކުޅިވަރު

ހޮޅުދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ހޮޅުދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފި

ހޮޅުދޫގައި އެކްެސްރޭގެ ޚިދުމަތް ފެށުން / ފޮޓޯ: ޞިއްޙީ ވުޒާރާ

farudhun logo

ފަރުދުން

28 ނޮވެމްބަރު 2025، 09:24

28 ނޮވެމްބަރު 2025، 09:24

ނ. ހޮޅުދޫ ޞިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ފަށައިފިއެވެ. 

މި ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރައްމިއްޔާތެއްގައި ސިއްޙީ ވަޒީރު އަބްދުﷲ ނާޠިމް އިބްރާހީމްއެވެ. 

މި ރަސްމިއްޔާތުގައި ހޮޅުދޫ ކައުންސިލްގެ ރައީސްއާ، ކައުންސިލް އިދާރާގެ މެމްބަރުންނާއި، އެ ރަށު ޞިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، ޞިއްޙީ ވުޒާރާގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

މި ޚިދުމަތާ ގުޅިގެން ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، ނ. ހޮޅުދޫ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތް ދޭން ފެށުމަކީ، އެ ރަށުގެ ޞިއްޙީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެގޮތުން މި ޚިދުމަތް ހޯދުމަށް މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ މާލެއަށް ދަތުރުކުރަން ޖެހުމުގެ ބުރަ ރައްޔިތުންގެ ކިބައިން ކުޑަވެގެން ދިއުމުގެ އިތުރުން، ރަށުގައި ތިބެ ފަސޭހަކަމާއެކު އެކްސްރޭ ނެގުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައެވެ.

ޞިއްޙީ މަރުކަޒުތަކުގައި މިފަދަ ޚިދުމަތްތައް ފެށިގެން ދިއުމަކީ އާންމު ޞިއްޙަތު ކުރިއެރުވުމަށް ލިބިގެންދާނެ ބޮޑު ފަސޭހައެވެ. އެއީ އެކްސްރޭގެ ޚިދުމަތަކީ، ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް (ނިއުމޯނިއާ، ޓީބީ ފަދަ) އަދި ބައެއް ބަނޑުގެ މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވޭނެ ނޮން-އިންވޭސިވް ވަސީލަތަކަށް ވުމުން، މިކަމުގެ ސަބަބުން ޑޮކްޓަރުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަރަށް މުހިންމު މައުލޫމާތުތައް ލިބިގެންދާނެ ކަމެއްކަމަށް ވުމެވެ.

މީގެ އިތުރުން ރާއްޖެ ބިނާވެފައި ވަނީ ޖަޒީރާ ރަށްތަކެއްގެ މައްޗަށްކަމަށް ވުމުން، ކަނޑު ހުރަސްކުރަން ނުޖެހި މިފަދަ ޚިދުމަތްތައް ލިބިގެން ދިއުމަކީ ޞިއްޙީ ޚިދުމަތަށް ލިބިގެން ދިޔަ ކުރިއެރުމެކެވެ.

އެކްސްރޭގެ ޚިދުމަތް ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ވެސް މިއަދު ވަނީ ފަށާފައެވެ. އަދި އެއީ ޞިއްޙީ މަރުކަޒެއްގައި އެ ޚިދުމަތް ފެށިގެން ދިޔަ ފުރަތަމަ ފަހަރު ވެސް މެއެވެ. އެހެންކަމުން މި ޚިދުމަތް ފެށި ދެވަނަ ޞިއްޙީ މަރުކަޒަކީ ހޮޅުދޫއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން