ޚަބަރު
ފުވައްމުލަކު ސިޓީއާއި 10 އަތޮޅުގެ 22 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަނީ
ޕީވީ ސިސްޓަމެއް
ފަރުދުން
30 ނޮވެމްބަރު 2025، 01:14
30 ނޮވެމްބަރު 2025، 01:14
އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކުދެ ދަށުން ފުވައްމުލައް ސިޓީ ހިމެނޭހެން ދިވެހިރާއްޖޭގެ 10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓާނެ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ހާމަކޮށްފިއެވެ.
އެމިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖެއަށް ޖުމްލަ 36 މެގަވޮޓުގެ އާ ކަރަންޓުގެ ހަކަތަ އުފެއްދުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ.
މި މަޝްރޫޢުތަކަކީ ދިވެހިރާއްޖެއިން އިޢާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ. ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓައިގެން، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި މަޝްރޫޢުތަކުގެ އެންމެ ބޮޑު އެއް މަގުސަދެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދިގުދެމިގެންދާނެ ތަރައްގީއަށް މަގުފަހިވެ، ގައުމުގެ އިގްތިސާދަށް ވެސް ފައިދާކުރާނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށްޓަކައި، އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެމި މަޝްރޫޢުތައް ހިންގުމުގެ ސަބަބުން، ހަކަތައިގެ ގޮތުން ރަށްތަކުގެ މިނިވަންކަން އިތުރުވެ، ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިގްތިސާދީ ގޮތުން ފައިދާހުރި ކަރަންޓުގެ ހިދުމަތް ލިބިގެންދާނެއެވެ. ފުވައްމުލަކު ސިޓީއާއި އެހެނިހެން ރަށްތަކުގައި މި ސިސްޓަމްތައް ބަހައްޓައި ނިމުމުން، ރާއްޖޭގެ ކާބަން ފޮރފީޓް ކުޑަކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.