Ads by Stelco

ޚަބަރު

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ސްޓެލްކޯއިން 250,000 ރުފިޔާ

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ސްޓެލްކޯއިން 250,000 ރުފިޔާ

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ސްޓެލްކޯއިން ފައިސާ ހަދިޔާކުރުން: ފޮޓޯ- ސްޓެލްކޯ

farudhun logo

ފަރުދުން

01 ޑިސެމްބަރު 2025، 10:00

01 ޑިސެމްބަރު 2025، 10:00

ސްރީލަންކާއަށް ކުރިމަތިވެފައިވާ ތޫފާން "ޑިޓްވާ" އާއި ގުޅިގެން އެ ގައުމަށް އެހީވުމަށް ކުރިއަށްގެންދާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ސްޓެލްކޯއިން 250،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ސްޓެލްކޯގެ މެނޭޖްމަންޓާއި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން މި އެހީ ހަވާލުކޮށް ދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އެވެ. އިއްޔެ ހެނދުނު 9:00 ގައި ފެށި މި ޓެލެތޯން މިއަދު މެންދުރު 2 ޖެހުމާއިހަމައަށް ކުރިއަށްދާނެއެވެ. ޓެލެތޯން އިންތިޒާމުކުރާ ޕީއެސްއެމުން ވިދާޅުވީ ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ޙާލަތުގައި އެޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ޚާއްސަ ޓެލެތޯނަށް މިހާތަނަށް 5.7 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައިވާކަމުގައެވެ. 



އެގޮތުން ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިއަދު ހެނދުނު 8:30 ޖެހުމާއި ހަމައަށް 5,729,941 ރުފިޔާ ވަނީ ލިބިފައިވާކަމަށްވެސް ޕީއެސްއެމުން ވިދާޅުވެއެވެ. އޭގެތެރޭގައި ހިމެނެނީ 5،087،837 ރުފިޔާއާއި 41،641 ޑޮލަރު ކަމަށްވެސް އެކުންފުނިން އާންމުކޮށްފައި ވެއެވެ. 

މީޑިއާ ޓެލެތޯންއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓްތަކަށް އަދި ޓީވީ ބިލްޑިންގއާއި މާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓާފައިވާ ފޮށިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން