Ads by Stelco

ޚަބަރު

ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

ފިހުނު ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް

ސްޓެލްކޯ

farudhun logo

ފަރުދުން

01 ޑިސެމްބަރު 2025، 10:15

01 ޑިސެމްބަރު 2025، 10:15

ނިމުނު ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު، އިތުރު ފަރުވާއަށް ތައިލެންޑަށް ގެންގޮސްފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލޭ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އަނިޔާވި އެކުންފުނީގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑްގެ ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރެވިފައިވާކަމަށާއި، ދުޢާއަކީ އެ މުވައްޒަފަށް އަވަސް ޝިފާއެއް ލިބި، އަލުން ހެޔޮ ހާލުގައި ވަޒީފާއަށް ނިކުމެވުމުގެ ތައުފީޤު މާތް ﷲ ދެއްވެވުން ކަމަށެވެ.



ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެ މުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމު ހަމަޖައްސައި އެހީތެރިކަން ފޯރުކޮށްދިން ކަމަށް ސްޓެލްކޯ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ ގޮތުން އެ މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން