ދުނިޔެ

މަސްތުވާތަކެތީގެ މައްސަލަތަކުގައި ސިންގަޕޫރުގައި ތިން މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކުގައި ސިންގަޕޫރުގައި ތިން މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފި

މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރުން.

farudhun logo

ފަރުދުން

01 ޑިސެމްބަރު 2025، 04:30

01 ޑިސެމްބަރު 2025، 04:30

މަސްތުވާތަކެއްޗާ ގުޅޭ ކުށްތަކުގައި، ސިންގަޕޫރުގައި މިދިޔަ ހަފްތާގައި 3 މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފިއެވެ. ވުމާ އެކު، މި އަހަރުގެ މިހާތަނަށް އެ ޤައުމުގައި މަރުގެ އަދަބު ތަންފީޒުކޮށްފައިވާ މީހުންގެ ޢަދަދު 17އަށް ވަނީ އުފުލިފައެވެ. ވީމާ، 2003ވަނަ އަހަރުން ފެށިގެން މިހާތަނަށް، އެއް އަހަރު ތެރޭ މަރުގެ އަދަބު އެންމެ ގިނައިން ތަންފީޒުކޮށްފައިވާ އަހަރަކަށް މި 2025ވަނަ އަހަރު ވަނީ ވެފައެވެ.

މިދިޔަ ހަފްތާގައި ސިންގަޕޫރުގައި މަރުގެ އަދަބު ދިން ކުށްވެރީން މަރާލާފައިވަނީ ދަން ޖައްސައިގެންނެވެ. 

މަސްތުވާތަކެތީގެ ކުށްތައް ހިމެނޭހެން، ޖުމްލަ ގޮތެއްގައި އިޖުރާމީ ޢަމަލުތަކަށް އެންމެ ހަރުކަށި އަދަބުތައް ކަނޑައަޅާފައިވާ އެއް ޤައުމަކީ ސިންގަޕޫރެވެ. މި ގޮތުން، ކޮކެއިން، މެތް، ކެނެބިސް ފަދަ ޑްރަގްތައް ވަކި މިންވަރަކަށް ވުރެ ގިނައިން އެ ޤައުމަށް އެތެރެކުރަން އުޅުމަކީ، ސިންގަޕުރުގެ ޤާނޫނުގައިވާ ގޮތުން، މަރުގެ ސަޒާ ޙައްޤުވާ ޖަރީމާއެކެވެ. ސިންގަޕޫރުގައި "އިންސާނީ ޙައްޤު"ތަކަށް ވަކާލާތުކުރާ ބައެއް ފަރާތްތަކުން މިއީ އަނިޔާވެރި އަދަބުތަކެއް ކަމުގައި ބުނި ނަމަވެސް، ދުނިޔޭގެ ގިނަ ޤައުމުތަކާ އަޅާބަލާއިރު ސިންގަޕޫރުގެ ކުށުގެ ނިސްބަތް ވަރަށް ވެސް ދަށެވެ. ސިންގަޕޫރުގެ ދާޚިލީ ވަޒީރު ކޭ. ޝަންމުގަން ވިދާޅުވީ، އެ ޤައުމުގައި މަރުގެ އަދަބު އުވާލުމަކީ، މާ ގިނަ މަރުތަކަކަށް މަގު ފަހިވާނެ ކަމެއް ކަމަށެވެ.

ސިންގަޕޫރުގައި މިދިޔަ ހަފްތާގައި ދަންޖެއްސި މީހުންގެ ތެރޭގައި ސަމިނަތަން ސެލްވަރަޖޫ ހިމެނެއެވެ. އޭނާއަށް މަރުގެ އަދަބު އިއްވާފައިވަނީ، 300 ގްރާމްގެ ހެރޮއިން އެތެރެކުރަން އުޅުނުކަން ސާބިތުވެގެންނެވެ. 

މަސްތުވާތަކެތީގެ ކުށްތަކުގައި މަރުގެ އަދަބު ދިނުމަކީ ބައިނަލްއަޤުވާމީ ޤަވާޢިދާ ޚިލާފު ޢަމަލެއް ކަމަށް ބައެއް ޖަމްޢިއްޔާތަކުން ދަޢުވާކުރި ނަމަވެސް، ސިންގަޕޫރުގެ ސަރވޭތަކުން ދައްކާ ގޮތުގައި، އެ ޤައުމުގެ ޢާންމުންގެ ގާތްގަނޑަކަށް 70 އިންސައްތަ ރައްޔިތުން ތިބީ މި ފަދަ އަދަބުތައް ދިނުމާ އެކީގައެވެ. ސިންގަޕޫރުގައި މަރުގެ އަދަބު ދިނުމަކީ، އެ ޤައުމު ދުނިޔޭގެ އެންމެ އަމާން އެއް މަންޒިލަށް ވުމުގެ ސިއްރު ކަމަށް ސިންގަޕޫރު ސަރުކާރުން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450