ޚަބަރު
ކޮޓަރިއެއްގައި ކުރުނބާ ފަނި ތައްޔާރުކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ކޮޓަރިއެއްގައި ކުރުނބާ ފަނި ތައްޔާރުކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކުރުން: ފޮޓޯ- ފުލުހުން
ފަރުދުން
02 ޑިސެމްބަރު 2025، 11:46
02 ޑިސެމްބަރު 2025، 11:46
ދިރިއުޅެން ބޭނުންކުރާ ކޮޓަރިއެއްގައި ކުރުނބާ ފަނި ތައްޔާރުކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން 2025 ޑިސެމްބަރު 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް، ބަންގްލަދޭޝް 2 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މިތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ، އަދި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށްވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މިތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ފާހަގަކުރެވިފައިވާކަމަށެވެ.
ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން 2025 ޑިސެމްބަރު 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް، ބަންގްލަދޭޝް 2 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި. pic.twitter.com/dHxOF8SJqW
— Maldives Police (@PoliceMv) December 2, 2025
ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކުގައިވާގޮތުން އެހާ ބޮޑު ނޫން ކޮޓަރިއްގައި އަންނައުނުފަދަ ގިނަ އަދަދެއްގެ ތަކެތި ފެންނަން ހުއްޓެވެ. މިތަނުގައި ގިނަ އަދަދެއްގެ ކުރުނބާ ބަހައްޓާފައި ހުރިކަންވެސް ފޮޓޯތަކުން ފާހަގަވެއެވެ.