ޚަބަރު
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަޙުލޫފް ޢައްޔަންކުރައްވައިފި
ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މަޙުލޫފް ޢައްޔަންކުރެއްވުން: ފޮޓޯ- ރައީސް އޮފީސް
ފަރުދުން
04 ޑިސެމްބަރު 2025، 11:06
04 ޑިސެމްބަރު 2025، 11:06
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަލްފާޟިލް އަޙްމަދު މަޚްލޫފް މިއަދު ޢައްޔަންކުރައްވައިފިއެވެ.
އަޙްމަދު މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ދިވެހިރާއްޖޭގެ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުން އައްޔަންކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޚްލޫފު އައްޔަންކުރަން މަޖިލީހުން ފާސްކުރެއްވީ އިއްޔެ ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިންނެވެ.
ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ މަޙުލޫފް ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުރީގެ މެމްބަރު ކަމާއި، ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ. ސިޔާސީ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި މަޚްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފްލާގައެވެ.