ދުނިޔެ

އަމާޒަކީ އެކްސް ވީޗެޓް ފަދަ މަލްޓި-ސާވިސް ސުޕަރ އެޕަކަށް ބަދަލުކުރުން : އީލޮން މަސްކް

އަމާޒަކީ އެކްސް ވީޗެޓް ފަދަ މަލްޓި-ސާވިސް ސުޕަރ އެޕަކަށް ބަދަލުކުރުން : އީލޮން މަސްކް

އިލޮން މަސްކް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޑިސެމްބަރު 2025، 11:22

04 ޑިސެމްބަރު 2025، 11:22

ދުނިޔޭގެ އެންމެ މުއްސަނދި މީހާ، އީލޮން މަސްކްގެ އަމާޒަކީ އެކްސް (ކުރީގެ ޓްވިޓަރ)، ޗައިނާގެ ވީޗެޓް ފަދަ ބައިވަރު ޚިދުމަތްތަކެއް ދޭ ސުޕަރ އެޕަކަށް ބަދަލުކުރުމެވެ. މިކަން މަސްކް ހާމަކުރެއްވީ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުންނެވެ. މިގޮތުން، މެސެޖުކުރުމާއި، ސޯޝަލް މީޑިއާ ބޭނުންކުރުމާއި، ފައިސާގެ މުޢާމަލާތްތައް އެއްތަނަކުން ކުރެވޭނެ އެޕެއްގެ ގޮތުގައި އެކްސް ހެދުމަށް އޭނާ ވަރަށް ބޮޑަށް ބޭނުންފުޅުވެއެވެ.

މަސްކް، ޓްވިޓަރ ގަތީ 2022 ވަނަ އަހަރުގައެވެ. އޭގެ ފަހުން އެޕްގެ ނަން އެކްސް އަށް ބަދަލުކުރިއެވެ. 2025 ވަނަ އަހަރުގެ މާޗު މަހު، މަސްކްގެ ކުންފުނި އެކްސްއޭއައި އިން، 33 ބިލިއަން ޑޮލަރަށް އެކްސް ގަތެވެ. މިހާރުވެސް، އެމެރިކާގެ ބައެއް ސިޓީތަކުގައި ޑިޖިޓަލް ވޮލެޓް ޚިދުމަތްތަކާއި އޮންލައިން މުޢާމަލާތްތައް ހުށަހެޅުމަށް އެކްސް އިން ވަނީ ވީސާ އާއި ގުޅިފައެވެ. އަދި، އެކްސް އިން ކާޑު ޚިދުމަތްވެސް ފެށުމަށް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕޮޑްކާސްޓްގައި މަސްކް ވިދާޅުވީ، އެކްސް އަކީ އެޕް ބޭނުންކުރާ މީހުންނަށް އެކަކު އަނެކަކާ މުޢާމަލާތް ކުރުމުގެ އިތުރުން، އެމީހުންގެ ފައިސާގެ ކަންކަންވެސް ބަލަހައްޓާލެވޭނެ އެޕަކަށް ހަދަން ބޭނުންވާ ކަމަށެވެ. ޗައިނާގެ ބޭރުގައި އެކްސް އޮޕަރޭޓް ކުރާނީ ވީޗެޓް ސްޓައިލް ސުޕަރ އެޕަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްކް ވިދާޅުވާ ގޮތުގައި، ޗައިނާގެ މީހުން އެހާ ބޮޑަށް ވީޗެޓް ބޭނުންކުރަނީ، އެއީ މެސެޖިންގ، ސޯޝަލް މީޑިއާ އަދި ފައިސާގެ މުޢާމަލާތްތައް އެއް ޕްލެޓްފޯމެއްގައި އެއްކޮށްލާފައިވާ އެޕަކަށް ވާތީއެވެ. މިފަދަ ޚިދުމަތެއް ޗައިނާގެ ބޭރުގައި ނެތް ކަމަށާއި، އެކްސް އިން މި މަސައްކަތް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، އެކްސް އަކީ އެއްތަނަކުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ އެޕަކަށް ހެދުމުގެ ބޭނުން މަސްކް ކުރިންވެސް ގިނަ ފަހަރު ފާޅުކުރައްވާފައިވާކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން