Ads by Stelco

ޚަބަރު

ގދ. ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ގދ. ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ޑިސެމްބަރު 2025، 10:44

06 ޑިސެމްބަރު 2025، 10:44

ގދ. ގައްދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. 

 މި މަސައްކަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރުގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި،  ދާއިރާގެ މަޖިލިސް މެންބަރާއި، ގައްދޫ ކައުންސިލްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި މަޝްރޫޢަކީ ގައްދޫ ހޮސްޕިޓަލުން ރައްޔިތުންނަށް ދެމުން އަންނަ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ސަރުކާރުން ހިންގަން ނިންމި މަޝްރޫއެކެވެ. މި އައު އިމާރާތް ޤާއިމުކުރުމުން ގައްދޫގެ ރައްޔިތުންނަށް ލިބޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެއް ނިޒާމަކީ ޞިއްޙީ ނިޒާމު ކަމަށް ގިނަ ބަޔަކު ފާހަގަކުރާއިރު، އެ ނިޒާމު ރަނގަޅު ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި، އާ ޚިދުމަތްތައް ފެށުމާއި، އެކިއެކި ބޮޑެތި ފަރުވާގެ ބަލިތަކަށްވެސް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ހިމެނެއެވެ. ގައްދޫ ހޮސްޕިޓަލުގެ މި މަޝްރޫޢަކީ ވެސް، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، އެތަންތަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިއްމު ބައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން