Ads by Stelco

ޚަބަރު

ރައީސް ފާހަގަކުރެއްވި ފަދަ އެއްވެސް އިބާރަތެއް އެއްވެސް ނޫސްވެރިޔަކު ނުބުނާ ކަމަށް ބުނެ ފިޔާޒުގެ މުތުލަޤު ދޮގެއް

ރައީސް ފާހަގަކުރެއްވި ފަދަ އެއްވެސް އިބާރަތެއް އެއްވެސް ނޫސްވެރިޔަކު ނުބުނާ ކަމަށް ބުނެ ފިޔާޒުގެ މުތުލަޤު ދޮގެއް

އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް ހުސައިން ފިޔާޒު މޫސާ: ފޮޓޯ- މިހާރު

farudhun logo

ފަރުދުން

07 ޑިސެމްބަރު 2025، 01:16

07 ޑިސެމްބަރު 2025، 01:16

ރައީސް ފާހަގަކުރެއްވި ފަދަ އެއްވެސް އިބާރަތެއް އެއްވެސް ނޫސްވެރިޔަކު ނުބުނާ ކަމަށް ބުނެ ފިޔާޒު މުތުލަޤު ދޮގެއް ހައްދަވައިފިއެވެ.

އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް ހުސައިން ފިޔާޒު މޫސާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ނޫސްވެރިންނާއެކު ރައީސް އޮފީހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމުގެ ޔައުމިއްޔާ، އޯޑިއޯ އަދި ވީޑިއޯ ރެކޯޑިން ރައީސް އޮފީހުގައި ހުންނާނެ ކަމުގައެވެ. އެގޮތުން މާފަންނު ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ފަދަ އެއްވެސް އިބާރަތެއް އެއްވެސް ނޫސްވެރިޔަކު ރައީސް އޮފީހުގެ ބައްދަލުވުމުގައި ނުބުނާ ކަމަށްވެސް ފިޔާޒު މިޕޯސްޓުގައި ބުނެފައިވެއެވެ.

ނޫސްވެރީންގެ ކަންބޮޑުވުންތައް ޙިއްޞާކުރުމަށް އެދިވަޑައިގަތް، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި އަދަދު ނޫހުގެ އެޑިޓަރ ފިޔާޒް ވާހަކަ ދައްކަވަނީ

ފިޔާޒު މިހެން ބުނެފައިވާއިރު އެދުވަހު ކުރިއަށްދިޔަ ބައްދަލުވުމުގެ އޯޑިއޯ އަދި ވީޑިއޯ ފުޓޭޖް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާއިރު ފިޔާޒު ހައްދަވާފައި މިވަނީ ސީދާ މުތުލަޤު ދޮގެއްކަން ފެންނަން އެބައޮތެވެ. މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފިޔާޒު ބުނެފައިިވަނީ މި ސަރުކާރާ އެެންމެ އިދިކީލަ ޕޮލިސީއެއް ގެންގުޅޭނީ އަދަދު ނޫހުން ކަމުގައެވެ. 


އަޅުގަނޑު ގައިމުވެސް މީޑީއާގެ މަސައްކަތުން ސަރުކާރާ އެންމެ އިދިކީލަ ޕޮލިސީއެއް ގެންގުޅޭ އެއްތަނަކަށް ވާނެ އަދަދު. 

އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް ހުސައިން ފިޔާޒު މޫސާ އެބައްދަލުވުމުގައި ބުނެފައިވެއެވެ. 

ނޫހެއްގެ ޗީފް އެޑިޓަރ މަޤާމުގައި ހުންނަވައިގެން ފާޅުގައި ދޮގު ހައްދަވަމުން ރާއްޖޭގެ ރައީސްގެ ބޮލުގައި އެ ދޮގު އެޅުވުމުގެ ނާތަހުޒީބު ޢަމަލަށް ގިނަ ބައެއްގެ ފާޑުކިއުން މިހާރު ވަނީ އަމާޒުވެފައެެވެ. އެގޮތުން އަބަދުވެސް ދޮގު ޚަބަރު ފަތުރާ ނޫހެއް ކަމާއި އަބުރާ ޢިއްޒަތް ނަލާލަމުންދާއިރު އެކުރައްވަނީ ނޫސްވެރިކަން ނޫންކަމަށާއި އެއީ ޒާތީ ގޮތުން ޖައްސާލުން ކަމުގައި ގިނަ ބަޔަކު ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން