Ads by Stelco

ޚަބަރު

ރައީސް މާލޭގެ ރައްޔިތުންނާއެކު ބާއްވަވަމުންގެންދަވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެބަ އަޑުއިވޭ: މަޚްލޫފް

ރައީސް މާލޭގެ ރައްޔިތުންނާއެކު ބާއްވަވަމުންގެންދަވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެބަ އަޑުއިވޭ: މަޚްލޫފް

ރައީސް މާލޭގެ ރައްޔިތަކާ ސަލާމްކުރައްވަނީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ޑިސެމްބަރު 2025، 04:38

07 ޑިސެމްބަރު 2025، 04:38

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ރައްޔިތުންނާއެކު ބާއްވަވަމުންގެންދަވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއިވޭކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ސިލްސިލާގޮތެއްގައި މިހާރު ކުރިއަށް ގެންދަވާ ރައްޔިތުންގެ ބައްދަލުވުންތައް ހަލަބޮލިކުރުމަށް އިދިކޮޅު ބައެއް ފަރާތަތްކުން މަސައްކަތް ކުރުމާއި ގުޅިގެންނެވެ. އެގޮތުން، މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއިއެކު ބާއްވަވަމުންގެންދަވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެބައަޑުއިވޭކަން މަޚްލޫފް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުންތަކަށް އަލިއަޅުއްވާލާ މަޚްލޫފް އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުން އުޅެމުންދާ ދަތި ޙާލާއި ބޯހިޔާވަހިކަމަށް މުޅި އުމުރު ހުސްވަންދެން ކުރަމުންދާ މަސައްކަތް އަސަރާއިއެކު މި ބައްދަލުވުންތަކުގެ ތެރެއިން ސީދާ ރައީސް އާއި ހިއްސާކުރަމުންދާ ކަމަށެވެ. އަދި ޙަޤީގީ ޝަކުވާ އާއި ކަންބޮޑުވުން ހިއްސާކުރުމަށް ލިބޭ މިފަދަ ރަނުގެ ފުރުޞަތެއް ސިޔާސީކޮށް، އެ ބައްދަލުވުމުގެ މާޙައުލު ހަލަބޮލިކުރުމުން އޭގެ ހުރިހާ ދެރައެއް ލިބޭނީ އެ ފުރުޞަތައް އެދިއެދި ތިބި ރައްޔިތުންނަށްކަން މަޚްލޫފް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ރައީސް އާއި އެ ރައްޔިތުންގެ ދެމެދަށް ނުވަދެ، ސިޔާސީ ޕޯޑިއަމްތަކާއި، ހަރުގެ ތަކާއި، މުޒާހަރާތަކާއި، ސޯޝަލް މީޑިއާ އަދި ޓީވީ ޕްރޮގްރާމްތަކުގައިވެސް ސިޔާސީ މަސައްކަތް ކުރެވެންވާނެކަމަށް ދެކިވަޑައިގަންނަވާކަމަށް މަޚްލޫފް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ މަޙުލޫފް ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ކުރީގެ މެމްބަރު ކަމާއި، ނިމިދިޔަ ވެރިކަމުގައި ކުޅިވަރާއި ބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ. ސިޔާސީ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި މަޚްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގަތީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި ޚާއްސަ ހަފްލާގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން