ޚަބަރު
އެމްގެޕް ވޯކްޝޮޕްގައި ބައިވެރިވި 55 ދަނޑުވެރިން ޢަމަލީ ތަމްރީނަށް އއ. ތޮއްޑޫއަށް
ބައިވެރިން ތޮއްޑޫގައި/ފޮޓޯ: ވުޒާރާ
އެމްގެޕްގެ ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ވޯކްޝޮޕްގެ 55 ބައިވެރިން ޢަމަލީ ތަމްރީނުތައް ފުރިހަމަކުރުމަށް އއ. ތޮއްޑޫއަށް ގޮސްފިއެވެ.
މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ (PDSAE)ގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން ބާއްވާ ވޯކްޝޮޕެކެވެ.
މި ތަމްރީންތަކުގައި ރާއްޖޭގެ 25 ރަށަކުން 55 ފަރާތެއް ބައިވެރިވެފައިވާއިރު، މި ތަމްރީންތަކުގެ ތިއަރީބައި ކިުރިޔަށް ގެންގޮސްފައިވަނީ އިއްޔެ މާލޭގައެވެ. އެގޮތުން، އެމްގެޕް ސްޓޭންޑަރޑް ތަކާއި ގުޅޭ މަޢުލޫމާތު ސެޝަންތައް އިއްޔެ ވަނީ ބައިވެރިންނަށް ނަގައިދީފައެވެ. އަދި މިއަދު އއ. ތޮއްޑޫގައި މި ބައިވެރިންގެ ޢަމަލީ ތަމްރީންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) އަކީ، ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކޮށް ރައްކާތެރި ކާނާ، ދަނޑުތަކުން އުފެއްދުމަށް ވަރަށް މުހިންމު ސްޓޭޑަރޑް އެކެވެ. މީގެ ސަބަބުން ދަނޑުވެރިކަމުގައި ކެމިކަލް ހިމެނޭ ބޭސްތައް މަދުކޮށް، އޯގަނިކް ކާނާ ބޭނުން ކުރާނެގޮތްތަށް ދަސްވެ، އެ އެގޮތުގައި ދަނޑުވެރިކަން ކުރުމުން، ޞިއްޙަތައް ފައިދާ ހުރި ކާނާ ދަނޑު ބިންތަކުން ލިބިގެންދިއުމަށް މަގުފަހި ގެން ދެއެވެ.
މިހާތާނަށް ރާއްޖޭގައި 10 ދަނޑެއް އެމްގެޕް ސެޓިފައިޑް ވެފައެއިވާއިރު، އެއީ ށ. ގޮއިދޫގެ 10 ދަނޑެވެ. މިއީ 5 މޮޑިއުލް ފުރިހަމަކޮށް ސެޓްފައިޑް ވި ފުރަތަމަ ދަނޑުކަން ފާހަގަކޮށްލެވެއެވެ.