ޚަބަރު
ލ. ހިތަދޫ ފުލުހުންގެ މަރުކަޒު ބިނާކުރުން: ކޮންކްރީޓް ތަޅުމުގެ މަސައްކަތް ނިމިއްޖެ
ލ. ހިތަދޫ ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އަދާހަމަ.
ފަރުދުން
08 ޑިސެމްބަރު 2025، 05:44
08 ޑިސެމްބަރު 2025، 05:44
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ.)ގެ ދަށުން ޤާއިމުކުރާ ލ. ހިތަދޫ ފުލުހުންގެ މަރުކަޒުގެ ކޮންކްރީޓް ތަޅުން އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް، މަޝްރޫޢުގެ ކޮންޓްރެކްޓަރ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ.)އިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، ފުލުހުންގެ މަރުކަޒުގެ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ހިތަދޫ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މި އަހަރުގެ އޮކްޓޫބަރު މަހު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި މަރުކަޒުގެ ބިންގާ އަޅުއްވައި ޢަމަލީ މަސައްކަތް ފެއްޓެވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނެވެ.
ރާއްޖޭގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ ޢިމާރާތްތައް ޤާއިމުކުރުމުގެ މަސައްކަތަކީ، ސަރުކާރުން ޚާއްޞް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ލ. ހިތަދޫ ޕޮލިސް ޕޯސްޓްގެ މަސައްކަތްތަކުގެ ތެރެއިން ގްރައުންޑް ސްލެބް ކާސްޓް ކުރުމުގެ މަސައްކަތް ވަނީ ނިމިފައި.#TeamRDC pic.twitter.com/XTfdpIumuX
— Road Development Corporation Ltd (@rdcmaldives) December 7, 2025