Ads by Stelco

ޚަބަރު

ރޯދައިގެ ކުރިން ނިންމުމަށް ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމެންޓް މަސައްކަތް މިއަދު ފަށަނީ

ރޯދައިގެ ކުރިން ނިންމުމަށް ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމެންޓް މަސައްކަތް މިއަދު ފަށަނީ

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ މަސައްކަތްކުރުމުގެ ތެރެއިން: ފޮޓޯ- އެމްޓީސީސީ

farudhun logo

ފަރުދުން

09 ޑިސެމްބަރު 2025، 11:30

09 ޑިސެމްބަރު 2025، 11:30

ރޯދައިގެ ކުރިން ނިންމުމަށް ބޮޑުތަކުރުފާނު މަގުގެ ދެވަނަ ސެގްމެންޓް މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ. 

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ނިންމާ އަލުން ހުޅުވާލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން މި މަގުގެ ދެވަނަ ސެގްމަންޓް މަސައްކަތް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ ތެރޭގައި ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 250 މީޓަރުގެ ސަރަޙައްދު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިކަމާ ގުޅިގެން އެމްޓީސީސީން ވިދާޅުވީ މަގު ތަރައްޤީކުރަނީ 4 ލޭނަށް ކަމަށާއި، މިމަސައްކަތް ފަށަނީ ރޯދައިގެ ކުރިން މަސައްކަތް ނިންމައި މަގު ހުޅުވާލުމުގެ އަމާޒުގައި ކަމަށެވެ.

ބޮޑުތަކުރުފާނު މަގުގެ ސެގްމަންޓް 1 ގެ މަސައްކަތް ނިންމާ، ދަތުރުފަތުރަށް ހުޅުވާލާފައި: ފޮޓޯ- އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީން ކުރި މަސައްކަތުގައި މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައި ވެއެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު ހުޅުވާލީ އިއްޔެ ހަވީރު އެވެ. ލޯކަލް މާރުކޭޓް ސަރަޙާއްދުން ފަށައިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް ފުރަތަމަ ފިޔަވަހީގައި ހިމެނޭއިރު، އެ ފިޔަވަހީގެ ފުރަތަމަ ސެގްމަންޓްގައި 140 މީޓަރުގެ ސަރަޙައްދުގައި ތާރު އަޅާ ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މިއީ މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފެށި މަސައްކަތެކެވެ.

އެމްޓީސީސީއާ ހަވާލުކޮށްފަވާ މުޅި މަޝްރޫޢު ނިމޭއިރު 1088 މީޓަރުގެ ސަރަޙައްދެއް ބޮޑުތަކުރުފާނު މަގުން ތަރައްޤީކުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން