Ads by Stelco

ޚަބަރު

އަމާން އުދަރެސް ޓަވަރުތަކުން ފެން ބިލުގައި މައްސަލައެއް އުޅޭކަމަށް ފާހަގަވެއްޖެނަމަ އަންގަން އެދިއްޖެ

އަމާން އުދަރެސް ޓަވަރުތަކުން ފެން ބިލުގައި މައްސަލައެއް އުޅޭކަމަށް ފާހަގަވެއްޖެނަމަ އަންގަން އެދިއްޖެ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ފްލެޓުތައް / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

09 ޑިސެމްބަރު 2025، 08:55

09 ޑިސެމްބަރު 2025، 08:55

އަމާން އުދަރެސް ޓަވަރުތަކުން ފެން ބިލުގައި މައްސަލައެއް އުޅޭކަމަށް ފާހަގަވެއްޖެނަމަ އެކަން އެންގުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އެދިއްޖެއެވެ. 

އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި، އެ ޓަވަރުތަކުގައި މީހުން ދިރިއުޅޭ ބައެއް ޔުނިޓުތަކުގެ ފެން ބިލްތަކާ ގުޅިގެން ކަންބޮޑުވުން ފާހަގަކޮށްފައިވާ ކަމަށެވެ. 

އަދި އެ ޝަކުވާތަކާ ގުޅޭ މައްސަލަތައް ހޯދުމަށް ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަކަމަށް ވަނީ ހާމަކޮށްފައެވެ. 

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާގޮތުގައި އަމާން އުދަރެސްގެ ބައެއް އެޕާޓްމަންޓުތަކުގެ ފެން ބިލު 7،000 ރުފިޔާއަށްވުރެ ބޮޑު ކަމަށް ދައްކައެވެ.

އެފްޑީސީން ވިދާޅުވީ ފެން ބިލުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވޭ ފަރާތްތަކުން، އެކުންފުނީގެ ޓެނަންޓް ޕޯޓަލް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

މި ޓަވަރުތަކުގައި މީހުން އާބާދުވާން ފަށާފައި ވަނީ މިދިޔަ މަހުން ފެށިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން