Ads by Exprox

ޚަބަރު

ޔާމީންގެ ދިފާއުގައި އެންމެ ކުރީގައި އަބަދުވެސް ހުރިން- ރައިސް

ޔާމީންގެ ދިފާއުގައި އެންމެ ކުރީގައި އަބަދުވެސް ހުރިން- ރައިސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

farudhun logo

ފަރުދުން

31 އޯގަސްޓު 2024، 03:40

31 އޯގަސްޓު 2024، 03:40

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ދިފާއުފައި އެންމެ ކުރީގައި އަބަދުވެސް ހުންނެވި ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އިއްޔެ ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ރައިސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި ޔާމީނަށް އެކި މައްސަލަތަކުގައި ދަޢުވާކުރި އިރު ޔާމީންގެ ދިފާއުގައި އެންމެ ކުރީގައި އަބަދުވެސް ހުންނެވި އެއްބޭފުޅަކީ އެ މަނިކުފާނު ކަމަށާއި އޭރުުގައި ޔާމީން ޖަލުން މިނިވަންކުރުން ފިޔަވައި އިތުރު އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. 

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ޔާމީން މިނިވަންކުރަން ގޮވާލެއްވުމަށް ކަމަށެވެ. އޭރު ޔާމީން އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ބަންދުވެފައިވުމުން އެންމެ ފަހު ދުވަހު ވެސް ޔާމީން މިނިވަން ވެއްޖެ ނަމަ، އެ ޓިކެޓް އަނބުރާ ޔާމީނަށް ރައްދު ކުރެއްވުމަށްވެސް ހުންނެވީ ތައްޔާރަށް ކަމަށާއި އޭރު ޕީޕީއެމްގެ ސެނެޓުގައި ތިއްބެވި ބޭފުޅުން މިކަމަށް ހެކިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރޯދަމަހަށް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށާއި، ދަރިފުޅުގެ އޯލެވެލް ކައިރިވަމުން އަންނާތީ،އެދުވަސްކޮޅަށް ގެއަށް ގެނެސްދިނުމަށް އާދޭސްކޮށް، ކުރެއްވި މެސެޖްތައް ރައީސް ސާލިޙް ޑިލީޓް ނުކުރައްވާނަމަ ހުންނާނެކަމަށެވެ. ހަމައެއާއެކު އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ އިތުރުން ބާރު ހުރި ވަޒީރުންނަށް ވެސް މެސެޖުކޮށް ހެދިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިފަހުން ޔާމީންގެ ޖަގަހަ ޖަލްސާތަކުގައި އެކި ފަރާތްތަކުން ރައީސް ޑރ މުޢިއްޒުއަށް އަށް ބޮޑެތި ތުހުމަތުތައް ދިޔައީ ކުރަމުންނެވެ. އެ ހުރިހާ ތުހުމަތެއް ރައީސް ވަނީ ދޮގުކުރައްވާފައެވެ.  

މި ލިޔުން ކިޔާލުމުން

Ads by Stelco