Ads by Stelco

ޚަބަރު

ނޮޅިވަރަމުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ފުޅާކުރަނީ

ނޮޅިވަރަމުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ފުޅާކުރަނީ

ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ޞިއްޙީ ވުޒާރާ

farudhun logo

ފަރުދުން

11 ޑިސެމްބަރު 2025، 10:08

11 ޑިސެމްބަރު 2025، 10:08

ހދ. ނޮޅިވަރަމުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. 

އެގޮތުން ނޮޅިވަރަމް ޞިއްޙީ މަރުކަޒުގައި ދަތުގެ ފަރުވާ އާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ އިމާރާތް އެޅުމަށް ޞިއްޙީ ވުޒާރާގެ ފަރާތުން ވަނީ އެލްއެމްއޭ އިންވެސްޓްމަންޓާ ހަވާލުކޮށްފައެވެ.

މި މަސައްކަތް އެލްއެމްއޭ އިންވެސްޓްމަންޓާ ހަވާލުކޯށްފައި ވަނީ 6 މަސްދުވަހުން ނިންމާ ގޮތަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 1.7 މިލިޔަން ރުފިޔާއަށެވެ. 

މަސައްކަތުގެ އެއްބަސްވުމުގައި ޞިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފެވެ. އަދި އެލްއެމްއޭ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މޫސާ ނަޒްމީއެވެ. 

މި މަސައްކަތުގެ ތެރޭގައި ކޮންސަލްޓޭޝަން ރޫމެއް ހެދުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް ޞިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. 

ރަޢްޖޭގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތި ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޞިއްޙީ މަރުކަޒުތައް އިތުރަށް ތަރައްޤީކުރުމުގެ 50 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް އެކި މަރުޙަލާތަކުގައި އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން