Ads by Stelco

ޚަބަރު

އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ

އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެ

އަލިފާނުގެ ހާދިސާގައި ނިޔާވި އަޒްމީލް: ފޮޓޯ- ސްޓެލްކޯ

farudhun logo

ފަރުދުން

11 ޑިސެމްބަރު 2025، 10:09

11 ޑިސެމްބަރު 2025، 10:09

ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގެ މުވައްޒަފު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި ހާދިސާގައި އަނިޔާވި ސްޓެލްކޯގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ. އަޒްމީލް ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

އަޒްމީލް ނިޔާވުމާއި ގުޅިގެން ސްޓެލްކޯއިން ވަނީ ތަޢުޒިޔާ ކިޔާފައެވެ. ސްޓެލްކޯގެ ތަޢުޒިޔާ މެސެޖުގައި ވަނީ އެ ކުންފުންޏަށް 21 އަހަރު ޚިދުމަތްކޮށްދިން އަޒްމީލް ނިޔާވުމާއި ގުޅިގެން ކުންފުނީގެ ވެރިންނާއި ބޯޑު މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ތަޢުޒިޔާ ކިޔާ ކަމަށެވެ. އަދި މައްޔިތާއަށް ސުވަރުގޭގެ ދާއިމީ ނިއުމަށް ދެއްވުމަށް އެދި ދުޢާކޮށްފައިވެއެވެ. 



އަޒްމީލް އަކީ ސްޓެލްކޯއަށް 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށް، އެކުންފުނީގެ ސުޕަވައިޒަރު މަޤާމު ފުރުއްވަމުން ގެންދެވި ފަރާތެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން